އެމްޑީޕީގެ ތެރެއިން ސަރުކާރު ވައްޓާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށް މަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު ވިދާޅުވެއްޖެ

ޚަބަރު ފަހުގެ ސިޔާސީ

އެމްޑީޕީގެ ތެރެއިން ސަރުކާރު ވައްޓާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށް މަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ ޝަރީފް) މިއަދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ އެތެރޭގެ އިންތިހާބާ ދިމާކޮށް މީހުން ވަޒީފާއިން ވަކިކުރާތީ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ކުއްލި މައްސަލައަށް ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އަށް ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ދަށުން ދީފައިވާ ހަނި ފުރުސަތު ނިގުޅައިގަނެ، އަތްފައި ބުރިކޮށްލަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ކުއްލި މައްސަލައަށް ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ އެމްޑީޕީ ބައެއް މެންބަރުން މަސައްކަތް ކުރަމުން އަންނަނީ ވެރިކަން ކުރުމަށް ދީފައިވާ ހަނި ބާރުތައް ރައީސް ސޯލިހްގެ އަތުން އަތުލައި، ރައީސް ވެރިކަމުން ދުރުކުރުމަށް ކަމަށެވެ. ރައީސް މައުމޫންގެ ވެރިކަމުގައި އެމަނިކުފާނު ވެރިކަމުން ބާލަންވެސް އޭރުގެ އިދިކޮޅު މެމްބަރުން މަސައްކަތް ކޮށްފައިވަނީ މިފަދަ ގޮތަކަށް ކަމަށް ޝަރީފް ވިދާޅުވި އެވެ.

މި ކުއްލި މައްސަލަ އަށް ވާހަކަ ދެއްކުމުގައި އެމްޑީޕީގެ މެމްބަރުންގެ މެދުގައި ވަނީ ވަރަށް ބޮޑަށް ބަހުގެ ހަމަލާތައް ބަދަލުކޮށް ފައެވެ.

އެގޮތުން އެމްޑީޕީ ޗެއާޕާސަންގެ އިންތިހާބާ ދިމާކޮށް ވަޒީފާގެ ބިރު ފޯރުވަމުން އަންނަކަމަށް ބައެއް މެމްބަރުން ތުހުމަތުކޮށްފައިވެ އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ