ގދ. ކާޑެއްދޫ އެއާޕޯޓް ވިލާ އެއާ އަލުން ހަވާލުކޮށް މިއަދު އެއްބަސްވުމުގައި ރަސްމީކޮށް ސޮއިކޮށްފި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެއާޕޯޓުގެ އެއްބަސްވުމުގައި ވިލާ ގުރޫޕުގެ ފަރާތުން ސޮއި ކުރެއްވީ ޗެއާމަން ގާސިމް އިބްރާހިމެވެ.
ކާޑެއްދޫ އެއާޕޯޓް ވިލާ އެއާ އަލުން ހަވާލުކުރީ ވިލާ އެއާއާ އެކު 50 އަހަރަށް ހަދާފައިވާ އެއްބަސްވުން 2017 ގައި ސަރުކާރުން ބާތިލުކުރި ގޯސްކޮށް ކަމަށް މޭ މަހު ސުޕްރީމް ކޯޓުން ހުކުމްކޮށްފައި ވަނިކޮށެވެ. އެކަމާ ގުޅިގެން މިނިސްޓްރީން ބުނެފައި ވަނީ ވިލާއާ އެއާޕޯޓް ހަވާލު ނުކުރެވި އޮތީ ވިލާއަށް ބަދަލުގައި ލިބެން ޖެހޭ ކަންކަން ނުނިމިގެން ކަމަށެވެ.
ވިލާ އިން ކުރިން ބުނެފައިވާ ގޮތުގައި އެއާޕޯޓާ ހަވާލުވެވޭނީ އެއާޕޯޓްގެ އިތުރުން ފަޅު ރަށެއް ރިސޯޓް ހަދަން ދިނުމުންނެވެ. އެކަމަކު އަލުން ސޮއިކުރި އެއްބަސްވުމުގައި ވިލާ އަށް ބަދަލުގައި ހަމަޖައްސައި ދިނީ ކޮން ކަންތައްތަކެއް ކަމެއް ހާމައެއް ނުކުރެ އެވެ.
ވިލާ އެއާއާ އަލުން ކާޑެއްދޫ އެއާޕޯޓް ހަވާލުކުރި މާމިގިލި އެއާޕޯޓް ވެސް އޮޕަރޭޓްކުރަނީ އެ ކުންފުނިންނެވެ.
ކާޑެއްދޫ އެއާޕޯޓާ ވިލާއިން ރަސްމީކޮށް ހަވާލުވާން ޓްރާންސްޕޯޓް މިނިސްޓްރީގެ ޓީމަކާއި ގާސިމް މިއަދު އެ އެއާޕޯޓަށް ވަޑައިގަންނަވަން ހަމަޖެހިފައިވެ އެވެ.


