ދެ އަހަރުގެ ކުއްޖެއްގެ ނޭވާ ހޮޅިން ކަރަންފުލެއް ނަގައިފި

ޚަބަރު ފަހުގެ

އައިޖީއެމްއެޗްގައި ކުރި އޮޕަރޭޝަނެއްގައި ދެ އަހަރުގެ ކުއްޖެއްގެ ނޭވާ ހޮޅިން ކަރަންފުލެއް ނަގައިފި އެވެ.

އައިޖީއެމްއެޗްގެ އެތެރަހަށީގެ ޑޮކްޓަރު މުހައްމަދު އަލީ ވިދާޅުވީ ކަރަންފުލަކީ ކުޑަކުދިންނަށް ވަރަށް އާންމުކޮށް ދެވޭ އެއްޗެއް ކަމަށާއި ނުވަތަ ވަރަށް ފަސޭހައިން ތަނަކުން ނަގައިގެން އަމިއްލައަށް ވެސް އަނގަޔަށް ލައިފާނެ އެއްޗެއް ކަމަށެވެ. އެގޮތުން މިފަހަރު ކަރަންފޫ ދިޔައީ ނޭވާލާ ހޮޅި ތެރެއަށް ކަމަށް މުހައްމަދު އަލީ ވިދާޅުވި އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

“ކަރަންފޫ ކަހަލަ ކެއުމަށް ބޭނުންކުރާ އެއްޗިއްސަކީ އެއަށް ފެން ދަމާ އެއްޗިހި. މި ކަރަންފޫ އިނީ ފެންދަމާ ފުފިފަ. ވާތް ފަރާތު ނޭވާލާ ހޮޅީގަ ތާށިވެފައި” މުހައްމަދު އަލީ ވިދާޅުވިއެވެ.

މުހައްމަދު އަލީ ވިދާޅުވީ އެ ކަރަންފޫ ނެގުނީ ވަރަށް އުނދަގުލުން ކަމަށާއި އެ ކުއްޖާ ވެންޓިލޭޓަރަށް ވެސް ލާން ޖެހުނު ކަމަށެވެ. ނަމަވެސް މިހާރު އެ ކުއްޖާ ގެއަށް ފޮނުވާލެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޑރ. މުޙައްމަދު އަލޫ ވަނީ ކުޑަކުދިންނަށް ކަރަންފޫ ކަހަލަ އެއްޗިހި ނުދިނުމަށާއި ކާ އެއްޗިހި އަނގަޔަށް ލައިގެން، ހީ، ސަކަރާތް ޖަހާ، ދުވެ އުޅުނަ ނުދިނުމަށް އިލްތިމާސްކޮށްފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ