ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓް ސަރަހައްދުން މާލެ އަށް ސީދާ ބަސްދަތުރުތައް މިއަދު ފަށައިފި އެވެ.
މިއަދު ހެނދުނުން ފެށިގެން ފޭސް ދެއަކުން މާލެއަށް ސީދާ ބަހުގެ ހިދުމަތް ފެށިއިރު ބަހުގެ ހިދުމަތް ލިބޭނީ ހެނދުނު 6:00 އިން ފެށިގެން ރޭގަނޑު 11:00 އާ ހަމައަށް ކޮންމެ އެއް ގަޑިއިރަކުންނެެވެ.
މިހާރު ކޮންމެ އެއް ގަޑިއިރަކުން ހިދުމަތް ލިބުނަސް މި އަހަރުގެ ޖުލައި މަސް ނިމުމުގެ ކުރިން ކޮންމެ 15 މިނެޓަކުން ބަހުގެ ހިދުމަތް ލިބޭނެ ކަމަށް އާޒިމް ވިދާޅުވެފައިވެ އެވެ.
ބަހުގެ ހިދުމަތް ކުރިން ފޭސް ދެއަކަށް ލިބުނީ ފޭސް އެކަކަށް ބަސް ހުއްޓައި އެތަނަށް އެހެން ބަހެއް ދިއުމުން އެއަށް އަރައިގެން މާލެ އަންނަން ޖެހޭ ގޮތަށެވެ.
ބަހުގެ ދަތިކަމަށް ހައްލު ހޯދުމަށް އިތުރު ބަސްތައް ގެނައުމަށް އެމްޓީސީސީން ވަނީ އޯޑަރުކޮށްފަ އެވެ. މި މިއަހަރުގެ ސެޕްޓެމްބަރުގެ ކުރިން ބަހުގެ މައްސަލަ އެއްކޮށް ހައްލުވާނެ ކަމަށް ކަމަށް އެމްޓީސީސީން ބުނެ އެވެ.


