ކ.މާފުށި ސްކޫލުގެ 12 ކްލާސްރޫމް އިމާރާތުގެ ބަޔަކާއި ހަވާލުކޮށްފި

ޚަބަރު ފަހުގެ

ކ.މާފުށި ސްކޫލުގެ 12 ކްލާސްރޫމް ޢިމާރާތް ކުރުމުގެ މަސައްކަތް ހަވާލުކުރުމުގެ އެގްރިމަންޓްގައި ސޮއިކޮށްފިއެވެ. މި މަސައްކަތް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ހަވާލު ކޮށްފައި ވަނީ މައިކްރޯން ޕްރައިވެޓް ލިމިޓެޑާއެވެ.

އެގޮތުން މި އެގްރިމެންޓްގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އޮފް އެޑިޔުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ އެވެ. އަދި މައިކްރޯން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ އަލީ ނަޖީބް އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

365 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ހަވާލުކުރެވިގެން ދިޔަ މި މަޝްރޫޢުއަކީ 16،398،938.46ރ (ސޯޅަ މިލިޔަން ތިންލައްކަ ނުވަދިހަ އަށް ހާސް ނުވަސްތޭކަ ތިރީސް އަށްރުފިޔާ ސާޅީސް ހަލާރި) އަށް، މައިކްރޯން ޕްރައިވެޓް ލިމިޓެޑާ ހަވާލު ކުރެވުނު މަޝްރޫޢުއެކެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ