އައްޑޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އެކަކުގެ ހާލު ސީރިއަސް

ޚަބަރު ފަހުގެ

އައްޑޫ ސިޓީ ލިންކް ރޯޑުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގަ ކާރެއް މޫދަށްވެއްޓިއްޖެއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ ހިތަދޫ ލިންކް ރޯޑުގައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެކްސިޑެންޓް ހިނގަން މެދުވެރި ސަބަބު އަދި އެނގިފައި ނުވިނަމަވެސް، އެކްސިޑެންޓް ހިނގާފައިވަނީ ބާރު ސްޕީޑުގައި ދުއްވާފައި ގޮސް ކޮންޓްރޯލުން ނައްޓައިގެން ކަމަށް މަންޒަރުދުއް މީހުންނާ ހަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

އެކްސިޑެންޓް ހިނގި ވަގުތު ކާރުގައި 4 މީހުން ތިބި ކަމަށާއި، އޭގެތެރެއިން އެކަކުގެ ހާލު ސީރިއަށްކަމަށް މައުލޫމާތުލިބެއެވެ. އަދި، ކާރު ތެރޭ މީހަކު ތާށިވެފައިވާ ކަމަށް ބައެއް މީީޑިއާތަކުން ބުނި ނަމަވެސް، އެކަން އަދި އެއްވެސް ފަރާތަކުން ކަށަވަރުކޮށްދީފައެއް ނުވެއެވެ.

އެ އެންމެން ވަނީ އިތުރު ފަރުވާއަށް ހޮސްޕިޓަލަށް ގެންގޮސްފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ