ހަނިމާދޫ ކައުންސިލުން ހަނިމާދޫ ކުނިކޮށި އަޅައިދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފިއެވެ.
ހަނިމާދޫ ކައުންސިލުން މިއަދު ކުރި އިއުލާނުގައި ބުނީ އެ ކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި ހަނިމާދޫ ކުނިކޮށި އަޅައިދޭނެ ފަރާތެއް ހޯދަން ބޭނުންވާކަމަށެވެ.
އަދި އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2022 މާރޗް 15 ވަނަ ދުވަހުގެ ހެނދުނު 11:30 ށް އެ އިދާރާއަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށް ހަނިމާދޫ ކައުންސިލުން އެދެއެވެ.

އަދި ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2022 މާރޗް 24 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި ހަނިމާދޫ ކައުންސިލް ކޮންފަރެންސް ރޫމްގައިކަމަށްވެސް ހަނިމާދޫ ކައުންސިލުން ބުނެއެވެ.
ހަނިމާދޫ ކައުންސިލުން ބުނީ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތަކާއި، ކަނޑައެޅިފައިވާ ގަޑީގެ ފަހުން ގެންނަ އަންދާސީ ހިސާބުތައް ހުށަހެޅުމުގެ ފުރުޞަތެއް ނުދޭނެކަމަށެވެ.
މިހާރު ހަނިމާދޫކައި ކުނި ކޮށި ހުންނަނީ ހުރިހާކުންޔެއް އެއްތާކަށް އަޅާގޮތަށް ފަރުމާކޮށްފައިވާ ކުނި ކޮށްޓެއްގައެވެ.


