ޓެކްސީއަކަށް އެރި އަންހެނަކަށް ޖިންސީ ގޯނާކުރި މީހާގެ ބަންދަށް ތިން ދުވަސް

ޚަބަރު ފަހުގެ

މާލެއިން ޓެކްސީ ދަތުރެއް ނެގި ޒުވާން އަންހެނަކު ގަދަކަމުން ހުޅުމާލޭ ދެވަނަ ފިޔަވައްސަށް ގެންގޮސް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ފުލުހުން ހައްޔަރު ކުރި މީހާގެ ބަންދަށް ތިން ދުވަސް ޖަހައިފިއެވެ.

ފުލުހުން މިއަދު ވިދާޅުވީ އިއްޔެ ރޭ 00:50 ކަންހާއިރު ފުލުހުންނަށް ހުށަހެޅުނު މައްސަލަ އާއި ގުޅިގެން 41 އަހަރުގެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އޭނާގެ ބަންދާއި މެދު ގޮތެއް ނިންމަން ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ފުލުހުންގެ ބަންދުގައި ތިން ދުވަހު ބަހައްޓަން އަމުރު ކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މާލެއިން ޓެކްސީއަކަށް އެރި 20 އަހަރުގެ ދިވެހި އަންހެނަކު ހުޅުމާލެ ދެވަނަ ފިޔަވައްސަށް ގެންގޮސް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ފުލުހުންނަށް ހުށަހެޅުމާއިއެކު ތުހުމަތު ކުރެވޭ ޑްރައިވަރު ހައްޔަރު ކުރިއެވެ.

މިމައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހްގީގު ކުރަމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ