އިދިކޮޅުގެ ރައްދު: ރިޔާސީ ބަޔާނުގެ ނަމުގައި ރައީސް އިއްވެވީ ސިޔާސީ ބަޔާނެއް

ޚަބަރު ފަހުގެ ސިޔާސީ

ރިޔާސީ ބަޔާނުގެ ނަމުގައި 2022 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ދެއްވީ ސިޔާސީ ބަޔާނެއް ކަމަށް އިދިކޮޅު ޕީޖީ ލީޑަރު ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ރިޔާސީ ބަޔާނަށް ރައްދު ދެއްވައި މައިނޯރިޓީ ލީޑަރު އަހުމަދު ސަލީމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިޙް މިއަހަރު އިއްވެވި ރިޔާސީ ބަޔާނުގައި ދެއްކެވި ގިނަ ވާހަކަފުޅުތަކަކީ، ނަތީޖާ ނުނެރެވޭނެ، އެއްވެސްކަހަލަ ރޭވުންތެރިކަމެއް ނެތް އަދި ދުރު ރާސްތާގެ އަމާޒެއް ނެތި ދެއްކެވި ހުސްވާހަކަފުޅުތަކެއް ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ސަލީމް އިތުރަށް ވިދާޅުވީ، ރައީސް ސޯލިހު މިހާތަނަށް އިއްވެވި އެއްވެސް ރިޔާސީ ބަޔާނެއްގައި ކީރިތި ޤުރުއާނަށް ހަޖޫ ޖަހައި، ރަސޫލާއަށް ފުރައްސާރަކޮށް، އިސްލާމް ދީނުގައި ހުކުމް ކަނޑައެޅިފައިވާ ކަންކަމަށް ގޮންޖަހައި އެމްޑީއެން އާއި އުތެމައިން ނެރުނު ރިޕޯޓު ކުއްވެރިކުރައްވާފައިނުވާ ކަމަށެވެ. އޭގެ ބަދަލުގައި އެ ރިޕޯޓް ނެރުނު މީހުން އަދިވެސް ތިބީ މި ސަރުކާރުގެ ބޮޑެތި މަގާމުތަކުގައި ކަމަށާއި، އަދި އެފަރާތްތަކަށް ސަރުކާރުން ހިމާޔަތް ދެމުން އަންނަ ކަމަށް ސަލީމް ފާހަގަކުރެއްވި އެވެ.

ސަލީމް އިތުރަށް ވިދާޅުވީ، މިސްކިތްތަކުގެ ހުރުމަތް ކެނޑުން ހުއްޓުވަމަށް ސަރުކާރުން އެއްވެސް މަސައްކަތެއް ނުކުރާކަމަށެވެ. އެގޮތުން މިސްކިތްތަކަށް ކުޑަކަމުދާ، ކީރިތި ގުރުއާނަށް ކުޅުޖަހާމީހުން މުޖުތަމައުތެރެއަށް ދޫކޮށްލުމަކީ ނުހަނުނ ކަންބޮޑުވާ ކަމައް ކަމަށާއި، އެފަދަ ފަރާތްތައް އިސްލާހު ކުރުމަށް ކުރައްވާނެ ކަންކަން އިޔާސީ ބަޔާނުގައި ނެތުމަކީ އިސްލާމްދީނުގެ ހިމާޔަތުގައި ސަރުކާރުން މިހާތަނަށްވެސް އަދި ކުރިމަގުގައިވެސް މަސައްކަތެއް ނުކުރާނެ ކަން ހާމަވާ ކަމެއް ކަމުގައި ސަލީމް ވިދާޅުވި އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ