ރިޓޯ ސޮލިއުޝަންގެ ފަރާތުން ބީ އާރު 1 ވޯޓަރ ޕިއުރިފައިން މެޝިން ހަނިމާދޫ މިސްކިތްތަކަށާއި ކައުންސިލަށް ހަދިޔާކޮށްފިއެވެ.
މިއަދު ހެނދުނު މި ތަކެތި ހަވާލު ކޮށްފައިވާއިރު، ރިޓޯ ސޮލިއުޝަންގެ ފަރާތުން ބީ އާރު 1 ވޯޓަރ ޕިއުރިފައިން މެޝިންތައް ހަވާލު ކޮށްދެވީ އަހުމަދު ރައުފޫ އެވެ. މި ތަކެއްޗާއި ކައުންސިލް ގެ ފަރާތުން ހަވާލު ވެލެއްވީ ކައުންސިލްގެ ރައީސް އަބުދުލް ސަލާމް ޢަލީއެވެ.
މި މެޝިނަކީ ބެކްޓީރިޔާ އަދި އެހެނިހެން ޖަރާސީމު ފިލްޓަރކޮށް ނައްތާލާ މެޝިނެކެވެ. މިނަރަލް ފެން ގަތުމުގެ ބަދަލު ގައި މިފަދަ މެޝިން ބޭނުން ކޮށްގެން ފެން އުފެއްދުމުން ޕުލާސްޓިކުން ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރެވެއެވެ. މި މެޝިނަށް 15 މިނިޓް ތެރޭގައު 5 ލީޓަރ މީރުފެން ތައްޔާރު ކޮށްދިނުމުގެ ޤާބިލުކަން ލިބިގެންވެއެވެ.
މިތަކެއްޗާއި ހަވާލު ވެލެއްވުމަށްފަހު ކައުންސިލްގެ ރައީސް ގޮށްކޮޅަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ކައުންސިލުން މިފަދަ މެޝިން ތަކެއް ހޯދުމުގެ މަސައްކަތް ފަށާފައި ވަނިކޮން ރިޓޯ ސޮލިއުޝަންގެ ފަރާތުން މިފަދަ މެޝިން ތަކެއް ހަދިޔާ ކޮއްދެވުމުން ވަރަށް އުފާވާކަމަށެވެ. އަދި އެފަރާތުގެ ވިޔަފާރިގައި ބަރަކާތް ލެވުމަށް ހެޔޮ ނިޔަތުގައި ﷲ ގެ ހަޒުރަތުގައި ދުޢާ ދަންނަވާ ކަމަށެވެ.
ހަނިމާދޫ ފިރިހެނުން ނަމާދު ކުރާ ތިން މިސްކިތުގައި މެޝިންތައް ބަހައްޓާ ވީ އެންމެއަވަހަކަށް ބޭނުން ކުރަން ފަށާނެ ކަމަށްވެސް ކައުންސިލް ގެރައީސް ވިދާޅުވިއެވެ.

ރިޓޯ ސޮލިއުޝަންގެ ފަރާތުން ހަދިޔާކުރި ތަކެއްޗަކީ 19996 ރުފިޔާގެ އަގުރު މުދަލެވެ. ވޯޓަރ ޕިއުރިފައިންގ މެޝިން ގަންނަން ބޭނުންވެލައްވާ ފަރާތްތަކުން 9773790 އާއި ގުޅުއްވައި އޯޑަރު ދެއްވާތާ 45 ދުވަހުގެ ތެރޭގައި މެޝިން ލިބޭނެކަމަށް ރައޫފް ގޮށްކޮޅަށް މަޢުލޫމާތު ދެއްވިއެވެ. 15 އޯގަސްޓް 2020 ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަންގެ ދަށުން ޑިސްކައުންޓް ރޭޓްގައި ވޯޓަރ ޕިއުރިފައިންގ މެޝިން ލިބޭނެކަމަށްވެސް އެ ފަރާތުން މަޢުލޫމާތު ދީފައިވެއެވެ. އަދި ވަގުތުން ގަންނަން ބޭނުންފުޅުވާ ފަރާތްތަކަށް 9973829 ގުޅުއްވުމުން ލިބޭނެެކަމަށްވެސް ބުނެފައިވެއެވެ.


