ރަމަޟާން މަސް ކައިރިވެފައިވާއިރު، މާލޭގެ މަސް މާރުކޭޓު މަރާމާތު ކުރުމުގެ ގިނަ މަސައްކަތްތަކެއް މާލެ ސިޓީ ކައުންސިލުން ނިންމާލައިފިއެވެ.
މާލެ ސިޓީގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު މިއަދު ވަނީ، މަސް މާރުކޭޓު މަރާމާތު ކުރުމަށްޓަކައި ސިޓީ ކައުންސިލުން ކޮށްފައިވާ ގިނަ މަސައްކަތްތަކެއް ހިއްސާ ކުރައްވައިފައެވެ.
އެގޮތުން ހަތަރު ފޫޓު އަށް ފޫޓުގެ 18 އަށި އެއްކޮށް ތަޅާ ރާނާ، އަށީގެ އެތެރޭގައި ފޯމު ޖަހާ، ފައިބަރުކޮށް، ޖެލް ޖަހައި، އަދި އަށީގެ ބޭރުގައި މުށި ޖަހާފައިވެއެވެ.
މީގެއިތުރުން ހުރިހާ އަށިތަކެއްގައި ނަމްބަރު ޖަހައި، ހުރިހާ ތަނބެއް މަރާމާތުކޮށް، ފައިބަރުކޮށް ޖެލް ޖަހައި، ކަރަންޓު ވަޔަރުވެސް ވަނީ އަލުން އަޅައިފައެވެ.
އަދި މާރުކޭޓުގެ ފެންޑާގައި މުށި ޖަހައި، މުޅިން އަލަށް ހަދާ 4 އަށީގެ ތެރެއިން ދެ އަށި ރާނާ ސިމެންތި ޖަހާފައިވެއެވެ.


