ނީލަން ފިހާރަ ސަރަހައްދު ސާފުކޮށް 67 ޓަނުގެ ކުނި ނަގައިފި

ޚަބަރު ފަހުގެ

މާލޭގެ ކުރީގެ އެއް ނަންބަރު ކުނިކޮށްޓާ ދިމާލުން ނީލަމުގައި ތަކެތި ވިއްކަމުންދާ ސަރަހައްދު (ނީލަން ފިހާރަ ސަރަހައްދު) ސާފުކޮށްފި އެވެ.

ނީލަން ފިހާރަ ސަރަހައްދުގެ މަގުމަތީގައި މުދާ ބަހައްޓައިގެން ވިޔަފާރި ނުކުރަން ސިޓީ ކައުންސިލުން މީގެ ކުރިން އެތައް ފަހަރަކު ވަނީ އަންގައިފަ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ނަމަވެސް އެކަން ހުއްޓާލާފައި ނުވާތީ، ސިޓީ ކައުންސިލުން ވަނީ މިމަހުގެ ފަސް ވަނަ ދުވަހު އިއުލާނެއް ނެރެ، ނީލަން މުދާ ވިއްކާ ގޮޅިތަކުން ބޭރުގައި ހުރި އެކި ބާވަތްތަކުގެ މުދަލާއި މަގުމައްޗަށް އަޅާފައި ހުރި ކުނިތައް އެތަކެތި ބެހެއްޓި ފަރާތްތަކުން މިދިޔަ ބުރާސްފަތި ދުވަހުގެ ކުރިން ނަގައި ސާފުކުރުމަށް އަންގައިފަ އެވެ.

އަދި އެ މުއްދަތުގެ ނިޔަލަށް ނުނަގައި ހުރި ތަކެތި އެ ކައުންސިލުން ނަގައި ކުނީގެ ގޮތުގައި ނައްތާލާނެ ކަމަށާއި އަދި އެތަކެތި ނެގުމުގައާއި ނެގުމަށްފަހު ތަކެއްޗަށް ލިބޭ ގެއްލުމާއި އުނިއިތުރަށް ޒިންމާ ނުވާނެ ކަމަށްވެސް ބުންޏެވެ.

މާލެ ސިޓީ ކައުންސިލުން މިއަދު ބުނީ، ފުލުހުންނާ ގުޅިގެން ނީލަން ފިހާރަ ސަރަހައްދު ސާފުކޮށް 67 ޓަނުގެ ކުނި މިއަދު އުކާލާފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ