ސައުދީ ސަރުކާރުން ދިވެހިރާއްޖެއަށް 3000 މުސްޙަފު ހަދިޔާ ކުރައްވައިފި 

ޚަބަރު ފަހުގެ


ސައުދީ ސަރުކާރުން ދިވެހިރާއްޖެއަށް 3000 މުސްޙަފު ހަދިޔާ ކުރައްވައިފިއެވެ. މިގޮތުން ހަދިޔާ ކުރައްވާފައިވަނީ ދެ ސައިޒެއްގެ މުސްޙަފް ކަމަށާއި އެއީ އާންމު ކޮށް ބޭނުން ކުރަމުން އަންނަ ސައިޒާއި އަކުރު ބޮޑުކޮށް ހުންނަ ބޮޑު މުސްޙަފް ކަމަށްވެސް މިނިސްޓްރީން މައުލޫމާތު ދެއްވައެވެ.

މިކަމަށްޓަކައި މިއަދު ބޭއްވުނު ރަސްމިއްޔާތުގައި ސައުދީ ސަރުކާރުގެ ފަރާތުން މުސްޙަފްތައް ހަވާލުކޮށްދެއްވީ ސައުދީ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ މިސްޓަރ މެތްރެކް އަލްދޮސާރީ އެވެ. އަދި ސަރުކާރުގެ ފަރާތުން މި މުސްޙަފް ތަކާއި ހަވާލުވެވަޑައިގަތީ މިނިސްޓަރ އޮފް އިސްލާމިކު އެފެއާޒު ޑރ. އަހުމަދު ޒާހިރު ޢަލީއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މިއީ ކުރިއަށް އޮތް ރަމަޟާން މަހާއި ގުޅިގެން ސައުދީ ސަރުކާރުން ދިވެހި ސަރުކާރަށް ކޮށްފައިވާ ހަދިޔާ އެއް ކަމަށާއި، މި މުސްޙަފްތައް ބޭނުންފުޅުވާ ކޮންމެ ފަރާތަކަށް ވެސް ލިބޭނެ ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ. އެގޮތުން ބޭނުންވާ ފަރާތްތަކުން އައިޑީކާޑް ހިއްޕަވައިގެން ވަޑައިގަތުމުން ކޮންމެ އައިޑީ ކާޑަކަށް ހިލޭ މުސްޙަފެއް ލިބޭނެކަމަށް ވެސް އެ މިނިސްޓްރީން މައުލޫމާތު ދެއްވައެވެ.

ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހާއި ދިމާކޮށް ސައުދީ ސަރުކާރުން އަންނަނީ ދިވެހި ސަރުކާރަށް އެހީތައް ފޯރުކޮށްދެމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ