ކުއްލި ހާލަތު އުވާލުމާއެކު ޖަލުތައް ވެސް އާންމު ހާލަތަށް

ޚަބަރު ފަހުގެ

ކޮވިޑުން ރައްކާތެރިވުމަށްޓަކައި މީގެ ދެ އަހަރު ކުރިން އިއުލާނު ކުރި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމުން، ޖަލުތައް ވެސް އާންމު ހާލަތަށް ގެނެސްފިއެވެ.

ކޮވިޑާ ގުޅިގެން ރާއްޖޭގައި އިއުލާނު ކުރި ކުއްލި ނުރައްކަލުގެ ހާލަތު އުވާލިކަން އިއުލާނު ކޮށްފައި ވަނީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، ގައުމާ މުހާތަބު ކުރައްވައި ރޭ ދެއްކެވި ވާހަކަފުޅުގައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މިއަދު ނެރުނު ނޫސްބަޔާނެއްގައި ކަރެކްޝަންސް އިން ބުނީ، ހެލްތު މިނިސްޓްރީން އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމުން، އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް ހަދާފައިވާ އުސޫލުތައް އުވާލާފައިވާ ކަމަށާއި، ދެން އަމަލުކުރަމުން ދާނީ ޖަލުތަކުގައި އޮންނަ އުސޫލުތަކާ އެއްގޮތަށް ކަމަށެވެ.

ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުގެ ގޮތުން، ގައިދީންނާ ބައްދަލުކުރަން ދާ ފަރާތްތަކުން މާސްކް އަޅައިގެން ދިޔުމަށް ކަރެކްޝަންސް އިން އިލްތިމާސް ކުރެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ