ސިންގަޕޫރާއެކު ރާއްޖެއިން މުހިއްމު ދެ އެއްބަސްވުމެއް ޤާއިމްކޮށްފި

ޚަބަރު ފަހުގެ

ސިންގަޕޫރާއެކު ރާއްޖެއިން މުހިއްމު ދެ އެއްބަސްވުމެއް ޤާއިމްކޮށްފިއެވެ.

ރާއްޖެއިން ސިންގަޕޫރާއެކު ޤާއިކޮށްފައިވަނީ ޓްރާންސްޕޯޓުގެ ދާއިރާއިން އެއްބާރުލުން ދިނުމާއި ގުޅޭ އެއްބަސްވުމާއި އެއަރކްރާފްޓް އެކްސިޑެންޓްތައް ތަހުޤީޤްކުރުމާއި ގުޅޭ އެއްބަސްވުމެކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރަށްވާފައިވަނީ ޓްރާންސްޕޯޓް މިނިސްޓަރ އާއިޝަތު ނަހުލާއެވެ. ސިންގަޕޫރު ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުގެ ޓްރާންސްޕޯޓް އެންޑް ޓްރޭޑް ރިލޭޝަން މިނިސްޓަރ އެސް އީސްވަރަންއެވެ.

މި އެއްބަސްވުމުގެ ދަށުން ޓްރާންސްޕޯޓްގެ ދާއިރާއިން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެއެވެ. އަދި ވައިގެ ދަތުރުފަތުރުގެ ޓްރެއިންގ، މެރިޓައިމް ޓެކްނިލް އެސިސްޓަންސް، ރޯޑް އަދި ޓްރެފިކް މެނޭޖްމަންޓްގެ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދޭނެކަމަށް މިނިސްޓްރީން ބުނެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ