އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ޗެއަރޕާސަން ކަމަށް ވާދަކުރައްވާ ފައްޔާޒު އިސްމާއީލް ގެ ކެމްޕޭނު ޓީމުން ތިލަދުންމަތީ ރައްޔިތުންނާ ބައްދަލު ކުރުމަށް ކުރާ ދަތުރުގެ ފުރަތަމަ މަންޒިލަށް ދިއުމަށް ހަނިމާދޫ އެއާޕޯޓަށް އައުމުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.
މަރުހަބާ ކިޔުމަށްޓަކައި އެމްޑީޕީގެ ގިނަ މެންބަރުންނާއި ހަނިމާދޫ ކައުންސިލްގެ 4 މެންބަރުންގެ އިތުރުން ޑަބްލިޔު.ޑީ.ސީ ހުރިހާ މެންބަރުން ބައިވެރިވެފައިވެއެވެ.
“އެމްޑީޕީ ހިންގާލަން” ކެމްޕޭން ޓީމުންގެ ފުރަތަމަ މަންޒިލެއްގެ ގޮތުން ގޮސްފައިވަނީ ވަށަފަރަށެވެ. ދެވަނަ މަންޒިލަކީ ފިއްލަދޫ އެވެ. މިރޭ އެ ޓީމު މަޑުކުރަނީ ހޯރަފުށީގައެވެ.
ހަނިމާދޫއަށް “އެމްޑީޕީ ހިންގާލަން” ކެމްޕޭން ޓީމް ރަސްމީކޮން އައުމަށް ހަމަޖެހިފައިވަނީ 20 ވަނަ ދުވަހު ހެނދުނުއެވެ.
އިކޮނޮމިކް މިނިސްޓަރ ފައްޔާޒުގެ ޓީމުގައި އެމްޑީޕީގެ އަންހެނުންގެ ރޫޙްގެ ރައީސާ ކަމަށް ވާދަ ކުރައްވާ އައްޑޫ މީދޫ ދާއިރާގެ މަޖިލީސް މެންބަރު ރޮޒެއިނާ އާދަމްއާއި އެމްޑީޕީގެ އިސް ފަރާތްތައް ބައިވެރިވެ ވަޑައިގަންނަވާނެއެވެ.
މި އިންތިހާބުގައި ޗެއަރޕާސަންގެ މަގާމަށް ވާދަކުރައްވާ އަނެއް ބޭފުޅަކީ މާފަންނު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު އިމްތިޔާޒް ފަހުމީ އެވެ.


ޚިޔާލުތައް: