އެމްޑީޕީ ދެފަޅިކޮށްލަަން ބަޔަކު އެބައުޅޭ: އިންތި

ޚަބަރު ފަހުގެ

އެމްޑީޕީ ދެފަޅިކޮށްލަން ބަޔަކު ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށް އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެ އެވެ.

ކެމްޕޭނަށް މިއަދު ހަވީރު ގއ.ދެއްވަދޫ އަށް ވަޑައިގެން އެމްޑީޕީގެ ސަޕޯޓަރުންނާ ވާހަކަދައްކަމުން އިންތި ވިދާޅުވީ އެމްޑީޕީ ދެފަޅިކޮށްލަން ނުވަތަ ކަފިކަފި ކޮށްލަން ބަޔަކު މަސައްކަތް ކުރާތަން ފެންނަމުންދާ ކަމަށާއި އެކަން އެގޮތަށް ކުރަން ފުރުސަތު ދީފިނަމަ މިހާތަނަށް އެމްޑީޕީން ކުރި ހުރިހާ މަސައްކަތެއް އެދިޔައީ ފަހަތަށް ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

“އަޅުގަނޑުމެންނަށް ދެން ލިބޭނެ ރިޔާސީ އިންތިހާބެއް ވެސް ނޯންނާނެ، އެއްކަމެއް ވެސް ނޯންނާނެ. މި ޕާޓީ އަށް މިވަރުގެ ގެއްލުމެއް ދޭކަށް ނުތިބޭނަން” އިންތި ވިދާޅުވި އެވެ.

އިންތި ވަނީ އެމްޑީޕީގެ ތެރެއިން އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ބާކީކޮށްލަން ޖާގަ ނުދޭނެ ކަމަށާއި މިއީ ޕާޓީ އަށް ވަރަށް ނާޒުކު ވަގުތުކޮޅެއް ކަމަށްވެސް ވިދާޅުވެފަ އެވެ.

“މީވަރަށް މުހިންމު ވަރަށް ނާޒުކު ވަގުތު ކޮޅެއް. ހުރިހާ ބޭފުޅުން މި ކެމްޕެއިންގައި ބައިވެރިވެވަޑައިގެން ވަރަށް ބޮޑަށް މަސައްކަތް ކޮށްދެއްވުމަކީ، ވަރަށް ބޮޑަށް މިޕާޓީ އައިގެން ކުރިޔަށް ދިއުމަށް ބޭނުންވާ ކަމެއް” އޭނާ ވިދާޅުވި އެވެ.

މީގެއިތުރުން އިންތި ވަނީ އެމްޑީޕީގެ އުސޫލުތަކާއި އަސާސް ތަކަކީ ވަރަށް އަގުހުރި އެއްޗެއް ކަމަށާއި އެ އަސާސްތަކާއި ދުރަށް ދިޔުމުން ވާގޮތް މިއަދު ފެންނަމުންދާ ކަމަށްވެސް ވިދާޅުވެފަ އެވެ. އަދި ޗެއާޕާސަނަކަށް އިންތިހާބުވެއްޖެނަމަ އެންމެ އިސްކަމެއް ދޭނީ ޕާޓީ އެކަތިގަނޑަކަށް ހަދާ ޕާޓީގެ އުސޫލުތަކާއި އަސާސްތަކާއި ފަލްސަފާތަކަށް ދިރުން ގެނައުމަށް ކަމަށްވެސް ވިދާޅުވި އެވެ.

ޗެއާޕާސަންގެ އިންތިހާބުގައި އިންތިއާ ވާދަކުރައްވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އެވެ.

އެމްޑީޕީގެ ޗެއަރޕާސަން މަގާމާއި އަންހެނުންގެ ރޫހު، ޒުވާނުންގެ ހިތްވަރުގެ ރައީސް އަދި ނައިބް ރައީސް ކަމުގެ މަޤާމުގެ އިންތިހާބް ބޭއްވުމަށް ހަމަޖެހިފައިވަނީ މޭ މަހުގެ 14 ވަނަ ދުވަހު އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ