އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ޗެއަރޕާސަން ކަމަށް ވާދަކުރައްވާ ކެނޑިޑޭޓުން ތެރެއިން، ހަނިމާދޫ ދައިރާއިގެ މެންބަރު ޢަބްދުޣަފޫރު މޫސާ (ގަޕޯ) ތާއިދު ކުރައްވަނީ ފައްޔާޒު އިސްމާއީލަށް ކަމަށް ހާމަކުރައްވަވައިފިއެވެ.
ގަޕޯ މިކަން ހާމަކުރެއްވީ “އެމްޑީޕީ ހިންގާލަން” ކެމްޕޭން ޓީމުންގެ މިއަދު ހެނދުނު ހަނިމާދޫއަށް ކުރި ދަތުރުގައި އެމްޑީޕީގެ މެންބަރުންނާ ބައްދަލުކޮށް ވާހަކަ ދައްކަވަމުންނެވެ.
ޗެއަރޕާސަންގެ މަގާމަށް ކުރިމަތި ލާފައިވަނީ ދެ ބޭފުޅުންކަމަށާ އެއީ އިންތި އަދި ފައްޔާޒު ކަމަށާއި ދެ ބޭފުޅުންނަކީވެސް ޕާޓީއަށް ވަރަށް އިހުލާސްތެރި ބޭފުޅުން ކަމަށް ވިދާޅުވުމަށްފަހު ގަޕޯ ވިދާޅުވީ ފައްޔާޒަށް ތާއިދުކުރަނީ ވަރަށް ގާބިލް ހިންގުން ތެރިއަކަށް ވީމައިކަމަށެވެ.
އިކޮނޮމިކް މިނިސްޓަރ ފައްޔާޒުގެ މި ދަތުރުގައި އެމްޑީޕީގެ އަންހެނުންގެ ރޫޙްގެ ރައީސާ ކަމަށް ވާދަކުރައްވާ އައްޑޫ މީދޫ ދާއިރާގެ މަޖިލީސް މެންބަރު ރޮޒެއިނާ އާދަމްއާއި އެމްޑީޕީގެ އިސް ފަރާތްތައް ބައިވެރި ވަޑައިގެންނެވި އެވެ.


