ކަރަށް ވަޅިހަރައި މަރާލާފައި އޮތް ކަމަށް ބެލެވޭ އަންހެނަކު ގާފަރު ގެސްޓްހައުސްއަކުން ފެނިއްޖެ

ޚަބަރު ޚަބަރު ޢާޖިލް ފަހުގެ

ކަރަށް ވަޅިހަރައި މަރާލާފައި އޮތް ކަމަށް ބެލެވޭ އަންހެނަކު މާލެ އަތޮޅު ގާފަރު ގެސްޓްހައުސްއަކުން ފެނިއްޖެއެވެ.

ފުލުހުން ވިދާޅުވީ ގާފަރު ގެސްޓްހައުސްއެއްގައި އަންހެނަކު ނިޔާވެފައި އޮތް ކަމުގެ މައުލޫމާތު ލިބިގެން ސީންގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުން ކަމަށެވެ. އިތުރު މައުލޫމާތު ލިބެމުންދާ މިންވަރަކުން ހާމަކުރާނެ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ނިޔާވެފައި އޮއްވާ ފެނުނު އަންހެނަކީ އއ.އަތޮޅު ބޮޑުފުޅަދޫ 28 އަހަރުގެ އަންހެނެއް ކަމަށް މައުލޫމާތު ލިބެއެވެ. އޭނާ ގާފަރަށް ދިޔައީ މިމަހުގެ 16 ވަނަ ދުވަހު ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ