ބ. ކިހާދޫ ސްކޫލުގައި 2 ކްލާސްރޫމް އިމާރާތްކުރުމާއި ވަށާފާރު ރޭނުން ބަޔަކާއި ހަވާލުކޮށްފި

ޚަބަރު ފަހުގެ

ބ. ކިހާދޫ ސްކޫލުގައި 2 ކްލާސްރޫމް އިމާރާތްކުރުމާއި ވަށާފާރު ރޭނުމުގެ މަސައްކަތް ހަވާލުކުރުމުގެ އެގްރިމަންޓްގައި ސޮއިކޮށްފިއެވެ. މި މަސައްކަތް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ހަވާލު ކޮށްފައި ވަނީ އިސްކޯ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާއެވެ.

އެގޮތުން މި އެގްރިމެންޓްގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އޮފް އެޑިޔުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ އެވެ. އަދި އިސްކޯ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޢަބްދުﷲ. އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

99 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ހަވާލުކުރެވިގެން ދިޔަ މި މަޝްރޫޢުއަކީ 2،074،555.06ރ (ދެމިލިއަން ހަތްދިހަ ހަތަރުހާސް ފަސްސަތޭކަ ފަންސާސް ފަސް ރުފިޔާ ހަލާރި) އަށް، އިސްކޯ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާ ހަވާލު ކުރެވުނު މަޝްރޫޢުއެކެވެ

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ