ރާއްޖެ މިނިވަންވީ އިންޑިއާއާ ހެދި: ނަޝީދު

ޚަބަރު ފަހުގެ

ދިވެހިރާއްޖެ އިނގިރޭސީންގެ ހިމާޔަތުގެ ދަށުން މިނިވަންވީ އިންޑިއާގެ އެހީތެރިކަމާއެކުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ވިދާޅުވީ 1947 ވަނަ އަހަރު އިންޑިއާއަށް މިނިވަންކަން ލިބުނުއިރު، ރާއްޖެ ބަލަހައްޓަމުން އައީ ސިލޯނުގައި އޮތް ކޮލޯނިއަލް ސަރުކާރުގެ އެޑްމިނިސްޓްރޭޝަނުން ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ހަމައެހެންމެ އެ އަހަރު ރާއްޖެއަށް މިނިވަން ކަން ނުލިބި އިންޑިއާއާއި ޕާކިސްތާނަށް މިނިވަންކަން ލިބުނު ސިއްރެއް އޮންނާނެ ކަން ފާހަގަކުރައްވައި، ނަޝީދު ވިދާޅުވީ ރާއްޖެ މިނިވަން ވެފައިވަނީ އިންޑިއާގެ އެހީތެރިކަމާއެކުގައި ކަމަށެވެ.

“އަޅުގަނޑަށް އެނގިފައި އޮތް ގޮތުގައި އިބްރާޙީމް ޝިހާބު، ޕްރައިމް މިނިސްޓަރު ނެހެރޫއާއި ބައްދަލުކުރެއްވި، އަދި ދިވެހިރާއްޖެއަކީ ވަކި މިނިވަން ދައުލަތެއްގައި ގޮތުގައި 1968 ގައި ފަހުން ކަނޑައެޅި ހަމަޖެހި މިއޮތީ އަޅުގަނޑަށް ދެންނެވޭނީ އިންޑިއާގެ ބައިވެރިވުން ވަރަށް ބޮޑަށް އޮވެގެންނޭ،” ރާއްޖެ އިނގިރޭސިން އަތުން މިނިވަންވީ އިންޑިއާގެ އެހީތެރިކަމާއެކުގައި ކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވިއެވެ.

ރާއްޖެ މިނިވަންވީ 1968 ކަމަށް ނަޝީދު ވިދާޅުވިނަމަވެސް ހަގީގަތުގައި ރާއްޖެއަށް މިނިވަންކަން ލިބުނީ 1965ގައެވެ.

އިނގިރޭސީންގެ ހިމާޔަތުން ރާއްޖެ މިނިވަން ކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވީ ކުރީގެ ބޮޑުވަޒީރު އިބްރާހީމް ނާސިރާއި އޭރުގެ ވެރިންނެވެ. އެގޮތުން މަޝްވަރާ ކުރެއްވުމަށް އިސްކޮށް އުޅުއްވީ ދައުލަތަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރެއްވި އަބްދުއްސައްތާރު މޫސާ ދީދީއެވެ. އެކަމުގައި އިންޑިއާގެ ދައުރެއް އޮތް ކަމަކަށް ތާރީހު ދިރާސާ ކުރައްވާ ބޭފުޅުން ވިދާޅެއްނުވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ