އެމްޓީސީސީން މަހާޖައްރާފަށްވުރެ ބޮޑޫ ޑްރެޖަރެއް ގެންނަނީ

ޚަބަރު ފަހުގެ

އެމްޓީސީސީން މަހާޖައްރާފަށްވުރެ ބޮޑޫ ޑްރެޖަރެއް ގެނައުމުގެ މަސައްކަތް ފަށައިފިއެވެ.

ބިން ހިއްކުމުގެ މަސައްކަތް ފުޅާކުރުމަށްޓަކައި އެމް.ޓީ.ސީ.ސީން ބަނދެފައިވާ “މަހާ ޖައްރާފު” ބޭނުންކޮށްގެން ރާއްޖޭގައި ބިންހިއްކުމުގެ ބޮޑެތި މަޝްރޫއުތައް އެކުންފުނިން ގެންދަނީ ހިންގަމުންނެވެ. 36 މިލިއަން ޑޮލަރު ޙަރަދުކޮށްގެން ބަނދެފައިވާ މަހާ ޖައްރާފަކީ ކަނޑުގެ 50 މީޓަރު އަޑިން ވެލި ނެގުމުގެ ޤާބިލުކަން ލިބިފައިވާ އުޅަނދެކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެމްޓީސީސީން ރާއްޖޭގެ ބައެއް މީޑިއާތަކަށް މަޢުލޫމާތުދެމުން ބުނެފައިވަނީ އެކުންފުނީގެ ކެޕޭސިޓީ އިތުރުކުރުމަށް ދެ ޑްރެޖަރެއް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ބިން ހިއްކުމުގެ ބޮޑެތި ޕްރޮޖެކްޓްތައް ހިންގުމަށް މިހާރު އެމްޓީސީސީން ގެންގުޅޭ މަހާޖައްރާފަށް ވުރެ ބޮޑު ޑްރެޖަރެއް ގެންނަން މަސައްކަތް ކުރަމުންދާ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

ޑްރެޖަރުތައް މިއަހަރުގެ ތެރޭގައި ގެނެވޭތޯ މަސައްކަތް ކުރަމުންދާކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ