ފުވައްމުލަކު ނޭޗަރ ޕާކް ރައީސްގެ ދެކަނބަލުން ބައްލަވާލައްވައިފި

ޚަބަރު ފަހުގެ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ފުވައްމުލައް ސިޓީއަށް ކުރައްވާ ދަތުރުފުޅުގެ ތެރެެއިން، އެ ސިޓީގެ ނޭޗަރ ޕާކަށް ޒިޔާރަތްކުރައްވާ އެތަން ބައްލަވާލައްވައިފިއެވެ.

ރައީސްގެ ދެކަނބަލުން ނޭޗަރަ ޕާކަށް ޒިޔާރަތްކުރެއްވުމުން، ސިޓީ ކައުންސިލްގެ ފަރާތުންވަނީ ނޭޗަރޕާކާއި ބެހޭ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ނޭޗަރ ޕާކަށް ކުރެއްވި މި ޒިޔާރަތުގައި ފުވައްމުލަކު ސިޓީ ކައުންސިލްގެ ފަރާތުން ވަނީ ފުވައްމުލަކުގެ ގުދުރަތީ ކަންކަމާއި ގުޅޭ މަޢުލޫމާތު ހިމެނޭ ފޮތެއް ހަދިޔާކުރައްވާފައެވެ. އަދި ނޭޗަރ ޕާކު ފެންނަ ތަސްވީރެއްވެސް ރައީސްއަށް ހަދިޔާކުރެއްވިއެވެ.

މި ސަރުކާރު އައިފަހުން 2020 ވަނަ އަހަރުގެ ތެރޭގައި ފުވައްމުލަކަކީ ޔުނެސްކޯ ބަޔޮސްފިއަރ ރިޒާވެއްކަމަށް ކަނޑައަޅާފައެވެ. ފުވައްމުލަކަށް ޔުނެސްކޯ ބަޔޮސްފިއަރ ރިޒާވްގެ ލަގަބު ލިބުނީ 28 އޮކްޓޫބަރު 2020ގައެވެ

ފުވައްމުލަކު ނޭޗަރ ޕާކު ހުޅުވާފައިވަނީ 14 ސެޕްޓެމްބަރ 2018އެވެ. މިއީ ރާއްޖޭގައި އެންމެ ފުރަތަމަ ޤާއިމްކުރެވުނު ނޭޗަރ ޕާކްތަކުގެތެރެއިން ޕާކެކެވެ. ފުވައްމުލަކު ނޭޗަރ ޕާކުގެ ޒިންމާއަކީ: ފުވައްމުލަކުގައި ހިމާޔަތްކޮށްފައިވާ ދެ ކުޅި ރައްކާތެރިކޮށް ބަލަހައްޓައި ދެމެހެއްޓެނިވި ގޮތެއްގައި މަންފާ ހޯދުމަށް ރައްޔިތުންނަށް މަގުފަހިކޮށްދީ، މުސްތަޤުބަލުގެ ޖީލުތަކަށް މި ތަންތަން ފޯރުކޮށްދިނުމެވެ.

ފުވައްމުލަކު ނޭޗަރ ޕާކުން ބަލަހައްޓާ ސަރަހައްދުތަކަކީ ބަންޑާރަ ކިޅިއާ ދަނޑިމަގި ކިޅިއާ ކިޅީގެ ވަށައިގެންވާ ޗަސްބިން ސަރަހައްދެވެ. ފުވައްމުލަކު ނޭޗަރ ޕާކުގައި ހިމެނޭ ޚާއްސަ ދިރުންތަކެއް ހިމެނޭ ސަރަހައްދެކެވެ. މިގޮތުން: ކުޅީ ކުކުޅު ނުވަތަ ފުވައްމުލަކު ބަހުރުވައިން ވަލިކުކުޅު އަދި ކޯވެން، ގަސްގަހާގެހީގެ ތެރެއިން މާވަށޮ، ލޮންސި ހިމެނެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ