ރައީސް ޞާލިޙް އައްޑޫ އީކުއިޓޯރިއަލް ހޮސްޕިޓަލަށް ޒިޔާރަތް ކުރައްވައިފި

ޚަބަރު ފަހުގެ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްގެ ދެކަނބަލުން އައްޑޫ ސިޓީއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތަރެއިން، އައްޑޫ އީކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)އަށް މިއަދު ޒިޔާރަތް ކުރައްވައިފިއެވެ.

ރައީސް ޞާލިހާއި އަނބިކަނބަލުން މެޑަމް ފަޒްނާ އަހުމަދު އޭއީއެޗަށް ޒިޔާރަތް ކުރެއްވުމުން، އެ ދެކަނބަލުންނަށް މަރުހަބާ ދެންނެވީ އެ ހޮސްޕިޓަލުގެ ސީއީއޯ ޑރ. މުހައްމަދު ޞާލިޙެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އޭއީއެޗަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ކުރެއްވި މި ޒިޔާރަތުގައި، އެ ހޮސްޕިޓަލުގެ އިސްވެރިންނާއި މުވައްޒަފުންނާ ވެސް ބައްދަލުކުރެއްވިއެވެ. އަދި މިހާރު އެ ހޮސްޕިޓަލުގައި ލިބެމުންދާ ހިދުމަތްތަކާއި، އިތުރަށް ތައަރަފް ކުރަންވީ ހިދުމަތްތަކާއި އަދި މިވަގުތު ހުރި ގޮންޖެހުންތަކަކީ ކޮބައިތޯ ސުވާލުކުރައްވައި މަޝްވަރާ ކުރެއްވިއެވެ.

އައްޑޫ އީކުއިޓޯރިއަލް ހޮސްޕިޓަލުގެ ވެރިން ފާހަގަކުރެއްވި ކަންކަން ވީހާވެސް އަވަހަށް ހައްލުކުރެއްވުމުގެ ގޮތުން ކަމާ ގުޅޭ ބޭފުޅުންނާ މަޝްވަރާ ކުރެއްވުމަށްފަހު ހައްލު ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައިވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސްގެ ދެ ކަނބަލުން ދެކުނަށް ކުރެއްވި މި ދަތުރުފުޅުގެ ތެރެއިން، އައްޑޫ ސިޓީގެ ކައުންސިލަރުންނާ އެކު ބޭއްވި ބައްދަލުވުމުގައި، ކައުންސިލަރުން ވެސް ވަނީ އެ މައްސަލަތައް ހައްލުކޮށްދިނުން އަވަސް ކުރެއްވުމަށް ރައީސްއަށް ދަންނަވާފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ