މަރަދު އާއި މަރަދޫފޭދޫގެ ބަނދަރު ހުޅުވައިފި

ޚަބަރު ފަހުގެ

އައްޑޫ މަރަދު އާއި މަރަދޫފޭދޫގެ ބަނދަރު ހުޅުވައިފި އެވެ.

މި ދެ އަވަށުގެ ބަނދަރުތައް ހުޅުއްވައިދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޕްލޭނިން މިނިސްޓްރީ އިން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މަރަދޫ ބަނދަރުގެ މަސައްކަތުގެ އަގަކީ 25.5 މިލިއަން ރުފިޔާ އެވެ. އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ ނޮވެމްބަރ 3، 2019 ގަ އެވެ.

މަރަދޫފޭދޫ ބަނދަރު ހަދަން ހެވީ ފޯސްއާ ޕްލޭނިން މިނިސްޓްރީން ހަވާލުކުރީ މިދިޔަ ޖޫން މަހުގެ 24 ވަނަ ދުވަހު އެވެ. އެ މަޝްރޫއުގެ އަގަކީ 31،685،368.85ރ. އެވެ.

އައްޑޫ އަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ވަނީ އައްޑޫގެ މަގު ހެދުމުގެ ބިޔަ ޕްރޮޖެކްޓު ވެސް އިފްތިތާހުކޮށްދެއްވައިފަ އެވެ. އަދި އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫއު ވެސް މިއަދު ވަނީ ބަޔަކާ ހަވާލުކޮށްފަ އެވެ. އެ މަސައްކަތް ހަވާލުކޮށްފައި ވަނީ ނެދަލޭންޑްސްގެ ކުންފުންޏަކާ އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ