އައްޑޫ ސިޓީ މަރަދޫ ސްކޫލްގެ އާ އިމާރާތް ހުޅުވައިފި އެވެ.
ބާރަ ކްލާސްރޫމް ހިމެނޭ މި އާ އިމާރާތް ހުޅުއްވައިދެއްވީ ފަސްޓްލޭޑި ފަޒްނާ އަހުމަދެވެ.
މަރަދޫ ސްކޫލްގެ އާ އިމާރާތް އެޅުމަށް ސަރުކާރުން ހަވާލުކުރީ އެސް.ޖޭ ކޮންސްޓްރަކްޝަނާ އެވެ. އެ ކުންފުންޏާއި އެ މަސައްކަތް ހަވާލުކުރީ 2019 ވަނަ އަހަރުގެ ފަހުކޮޅު އެވެ. މި މަސައްކަތަށް ވަނީ 458،586.00ރ ހަރަދުކޮށްފަ އެވެ.
މަރަދޫ ސްކޫލްގެ އާ އިމާރާތް ހުޅުއްވައިދެއްވުމަށްފަހު ފަޒްނާ އާއި އެޑިއުކޭޝަން މިނިސްޓަރު ޑރ.އައިޝަތު އަލީ ވަނީ އެ އިމާރާތް ބައްލަވާލައްވާފަ އެވެ.
މަރަދޫ ސްކޫލްގެ އިތުރުން މަރަދޫފޭދޫގައި ހުންނަ އިރުޝާދިއްޔާ ސްކޫލްގައި ވެސް 12 ކްލާސް ރޫމް ހެދުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. އެ މަސައްކަތް ހަވާލުކޮށްފައި ވަނީ ބީއޭޕީސީ ޕްރައިވެޓް ލިމިޑެޓާ އެވެ. އެ މަސައްކަތަށް 8 މިލިއަން ރުފިޔާ ހަރަދުކުރަން ވަނީ ނިންމައިފަ އެވެ.


