ހުޅުމީދޫ ޑިޓޮކްސް ސެންޓަރު ހުޅުވައިފި

ޚަބަރު ފަހުގެ

މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދޭން ހުޅުމީދޫގައި ހެދި ޑްރަގް ޓްރީޓްމަންޓް އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރު މިއަދު ހުޅުވައިފި އެވެ.

މި ސެންޓަރު ހުޅުއްވައިދެއްވީ އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ.ޖައިޝަންކަރު އާއި ހެލްތު މިނިސްޓަރު އަހުމަދު ނަސީމް އާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ހުޅުމީދޫ ޑްރަގް ޓްރީޓްމަންޓް އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރު ހުޅުވާފައިވާއިރު، އެތަން އިމާރާތްކުރުމުގެ މަސައްކަތް ނިމުނީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. ރެއިންބޯ ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން ހެދި ސެންޓަރުގެ އަމަލީ މަސައްކަތް ފެށީ ޑިސެމްބަރު 12، 2020 ގަ އެވެ.

އިންޑިއާ ސަރުކާރުން 7.9 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫއަށް ދިވެހި ސަރުކާރުން 7.1 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.

މި ސެންޓަރުގައި 24 މުވައްޒަފުން ހަރަކާތްތެރިވާއިރު އަންނަ ހަފްތާގައި 20 ފަރާތަކަށް ފަރުވާ ދިނުމުގެ މަސައްކަތް ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.

މަސްތުވަތަކެތި ބޭނުންކުރާ މީހުންނަށް ރާއްޖޭގެ ކޮންމެ ރަށެއްގެ ސިއްހީ މަރުކަޒުން ޑިޓޮކްސް ފަރުވާ ލިބޭނެ ގޮތް ހަދަން ރައްޔިތުންގެ މަޖިލީހުން މިދިޔަ އަހަރުގެ ފަހުކޮޅު ވަނީ ފާސްކޮށްފަ އެވެ.

އެގޮތުން މަސްތުވާތަކެތީގެ އާބާދީގެ ނިސްބަތަށް ބަލައި ރާއްޖޭގެ ކޮންމެ ރަށެއްގެ ސިއްހީ މަރުކަޒެއްގައި މެތަޑޯންގެ ފަރުވާއާއި ޑިޓޮކްސްގެ ފަރުވާ ދެވޭނެ އިންތިޒާމް ހަމަޖެއްސުން ހިމެނެ އެވެ. އަދި އެންޑީއޭގެ ދަށުން ހިންގާ ފަރުވާދޭ މަރުކަޒުތައް ލާމަރުކަޒުކޮށް މަސްތުވާތަކެތީގެ އާބާދީގެ ނިސްބަތަށް ބަލައި ޑްރަގް ކޯޓުގެ މަސައްކަތް ލާމަރުކަޒު ކުރަން ވެސް ވަނީ ފާސްކޮށްފަ އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ