ރާއްޖޭގެ 42 ރަށެއްގައި ފަގީރުން ނެތް

ޚަބަރު ފަހުގެ

ރާއްޖޭގެ 42 ރަށެއްގައި ފަގީރުން ނެތް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވީ އެންމެ ގިނަ ފަގީރުން ތިބީ އަތޮޅުތަކުގައި ކަމަށެވެ. އެގޮތުން ފަގީރުންގެ ދަފްތަރުގައި ތިބި މީހުންގެ ތެރެއިން 7،245 ތިބީ އަތޮޅުތަކުގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މާލޭގައި ތިބި ފަގީރުންގެ އަދަދަކީ 1،796 ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ފަގީރުންގެ ދަފްތަރު އެކުލަވާލިއިރު ފަގީރުން ނެތި 42 ރަށެއް ފާހަގަ ކުރެވިފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ފަގީރުންގެ ދަފްތަރު އެކުލަވާލީ ރަށްރަށުގެ ކައުންސިލްތަކާއި ގުޅިގެން ކަމަށާއި އެ މަސައްކަތް ކުރުމުގައި ކައުންސިލްތަކުގެ އެއްބާރުލުން އަބަދުވެސް ލިބެމުން އަންނަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ