ހަނިމާދޫ ކައުންސިލުން ރޯދަމަހަށް ކޮންމެ މަސްދޯންޏަކަށް ކަދުރު ޕެކެޓަކާއި ފެންކޭހެން އަދި މީހުން ދިރިއުޅޭ ކޮންމެ ގެއަކަށް 10 ދަޅުމަސް ބެހުމަށް މަޝްވަރާކުރުމަށް ނިންމައިފިއެވެ.
އެކައުންސިލްގެ 42 ވަނަ އާންމު ބައްދަލުވުމުގެ އެޖެންޑާ ހާމަކޮށްފައިވާއިރު ކައުންސިލްގެ ޖޭޕީ މެންބަރު ޙާރިޘާ މުހައްމަދު ހުށައަޅާފައިވަނީ ކޮންމެ މަސްދޯންޏަކަށް ކަދުރު ޕެކެޓެއް އަދި ފެން ކޭހެއް ދިނުމަށް ގޮތެއް ނިމުންމަށެވެ. އަދި އޭޕްރީލް މަހުގެ ކުނި ފީ މާފުކުރުމަށްވެސް އޭނާވަނީ ހުށައަޅާފައެވެ.
ހަމަ އެ ޖަލުސާއަށް އެމްޑީޕީ މެންބަރު ނާޒިޔާ ހަސަން ހަނިމާދޫ މީހުން އުޅޭ ކޮންމެ ގެއަކަށް 10 ދަޅު މަސް ދިނުމަށް މަޝްވަރާކޮށް ގޮތެއް ނިންމުމަށް ހުށައަޅާފައިވެއެވެ.
މި ބައްދަލުވުން އޮންނާނީ 30 މާރޗް 2022 ވަނަ ދުވަހު 10:00 ގައި ހަނިމާދޫ ކައުންސިލް ޖަލުސާކުރާ މާލަމުގައެވެ. އާންމު ބައްދަލުވުންތައް އަޑުއެހުމަށް ރައްޔިތުންނަށް ވަދެވޭނެއެވެ.


