މިއަހަރު ރޯދަމަހު ހަނިމާދޫ ދެ މިސްކިތުގައި ހިފުޒުކޮށް ތަރާވިސް ނަމާދު ކުރާނެ – ފިރާޤް

ހަނިމާދޫ ޚަބަރު ފަހުގެ

މިއަހަރު ރޯދަމަހު ހަނިމާދޫ ދެ މިސްކިތުގައި ހިފުޒުކޮށް ތަރާވިސް ނަމާދޫ ކުރާގޮތަށް ހަމަޖެހިފައިވާކަމަށް ހަނިމާދޫ ކައުސިލްގެ ނައިބު ރައީސް ފިރާޤް މުހައްމަދު ވިދާޅުވެއްޖެއެވެ.

ގޮށްކޮޅަށް ދެއްވި އެކްސްކްލޫސިވް އިންޓަވިއުއެއްގައި ފިރާގް ވިދާޅުވީ ދެ ހާފިޒުން މިހާރު ހަނިމާދޫއަށް ގެނެވިފައިވާކަމަށެވެ. އަދި ހަނިމާދޫ ދެ މިސްކިތެއްގައި ހިފްޒުކޮށް ތަރާވިސް ނަމާދު ކުރާނެކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

“އަޅުގަނޑުމެން ކައުންސިލާ ޑަބްލިޔުޑީސީ ގުޅިގެން މިވަނީ ހިފުޒުކޮށް ތަރާވިސްކުރަން ބޭނުންވާ ހާފިޒުން މިކޮޅަށް ގެނެސްފައި، އެހެންކަމުން ދެ މިސްކިތުގައި ތަރާވިސް މިފަހަރު ހިފުޒުކޮށްކުރާނެ، އެއީ ޠައުބާ އަދި މޫސާ ޢަލީގައި” ހަނިމާދޫ ކައުންސިލްގެ ނައިބު ރައީސް ފިރާޤް ވިދާޅުވިއެވެ.

ފައިތުވެތިޔަ އަހަރުތަކުގައި ހިފުޒުކޮށް ތަރާވިސް ނަމާދު ކޮށްފައިވަނީ ޠައުބާ މިސްކިތުގައި އެކަނި ކަމުގައި ވީނަމަވެސް މިއަހަރު މޫސާ އަލީގައިވެސް ހިފުޒުކޮށް ތަރާވިސް ނަމާދު ކުރަން މިވަނީ ނިންމާފައެވެ. މި ދެ މިސްކިތުގައިވެސް މިހާރެކޭ އެއްގޮތަށް އަންހެނުންނަށް ހާއްސަ ކުރެވިފައިވާ ނަމާދުކުރާ ސަރަހައްދު ހުންނާނެކަމަށް ހަނިމާދޫ ކައުންސިލްގެ ނައިބު ފިރާޤް ވިދާޅުވިއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ