އެމްޓީސީސީގެ ޑިރެކްޓަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި

ޚަބަރު ފަހުގެ

އެމްޓީސީސީގެ އާންމު ހިއްސާދާރުން ތަމްސީލް ކުރާ ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެމްޓީސީސީން ބުނި ގޮތުގައި އެ ކުންފުނީގެ ހިންގާ ގަވައިދުގައިވާ ގޮތުން އެ ކުންފުނީގެ މިހާރުގެ ހިއްސާދާރުންގެ ނިސްބަތަށް ބަލާ ޑިރެކްޓަރުންގެ ބޯޑަށް އާންމު ހިއްސާދާރުންގެ ތެރެއިން ދެ ޑިރެކްޓަރުން އިންތިހާބު ކުރަން ޖެހޭ ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެމްޓީސީސީގެ އާއްމު ހިއްސާދާރުން ތަމްސީލް ކުރާ ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލެވޭނީ އެ ކުންފުނީ ހިންގާ ގަވައިދުގެ 73 ވަނަ މާއްދާގައި ބަޔާންކުރެވިފައިވާ ޝަތުރުތައް ފުރިހަމަވާ މީހުންނަށެވެ. މީގެ އިތުރުން ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ކޯޕަރޭޓް ގަވަނަންސް ކޯޑުގައި ބުނާ “ފިޓް އެންޑް ޕްރޮޕަ މިންގަނޑުތަކުގެ ގައިޑްލައިން” އަށް ފެތޭ މީހަކަށް ވެސް އެ މީހަކު ވާން ޖެހެ އެވެ.

އެ ކުންފުނިން ބުނި ގޮތުގައި ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލައްވަން ބޭނުންވާ ފަރާތްތަކުން “އެމްޓީސީސީ ގެ އާންމު ހިއްސާދާރުންގެ ފަރާތުން އެމްޓީސީސީގެ ބޯޑު ޑިރެކްޓަރކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމު” ފުރިހަމަ ކުރެއްވުމަށްފަހު އަންނަ މަހުގެ ހަވަނަ ދުވަހުގެ ކުރިން އެ ކުންފުނީގެ ކޮމްޕެނީ ސެކްރެޓަރީ އަށް އީމެއިލް ކުރަން ޖެހޭނެ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ