ސައުދީ އަރަބިއާއަށް މާދަމާއަކީ ރޯދަމަހުގެ ފުރަތަމަ ދުވަސް

ޚަބަރު ފަހުގެ ދީން

ސައުދީ އަރަބިއާއަށް ރޯދަމަހުގެ ހަނދު ފެނުމާއި ގުޅިގެން، މާދަމާއަކީ ރޯދަމަހުގެ ފުރަތަމަ ދުވަސް ކަމުގައި އިއުލާން ކޮށްފިއެވެ.

ސައުދީ ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި އެގައުމުގެ އެކި ހިސާބުތަކަށް ހަނދު ފެނިފައި ވުމާއި ގުޅިގެން، މިއަހަރުގެ އެޕްރިލްމަހުގެ 2 ވަނަ ދުވަހަކީ ބަރަކާތްތެރި ރަމަޟާންމަހުގެ ފުރަތަމަ ދުވަސްކަމުގައި އެގައުމުގެ ސަރުކާރުންވަނީ ނިންމާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ސައުދީ އަރަބިއާއިން މާދަމާއަކީ ރޯދަމަހުގެ ފުރަތަމަ ދުވަސްކަމުގައި ނިންމާފައިވާއިރު، މެލޭޝިއާއި އިންޑޮނޭޝިއާގެ އިތުރުން ދުނިޔޭގެ އެހެން ބައެއް ގައުމުތަކުންވަނީ، މިއަހަރުގެ ރޯދަމަހުގެ ފުރަތަމަ ދުވަހަކީ އަންނަ އާދީއަތް ދުވަސްކަމުގައި ނިންމާފައެވެ.

މިގޮތުން މިއަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ ދުވަހަކީ އެޕްރިލްމަހުގެ 3 ވަނަ ދުވަސްކަމުގައި މިހާރު އިއުލާން ކޮށްފައިވާ ގައުމުތަކުގެ ތެރޭގައި، ބުރޫނާއީއާއި، ސިންގަޕޯރއާއި، އަދި ޖަޕާން ހިމެނެއެވެ.

ސައުދީ އަރަބިއްޔާގައި ހަނދު ބެލުމުގައި ބޮޑަށް އިސްކަން ދެނީ ހަމަ ލޮލުން ފެނުމަށެވެ. އެހެން ނަމަވެސް ހަމަ ލޮލަށް ހަނދު ނުފެންނާނެކަމަށް ފަލަކީ ހިސާބުތަކުން ދައްކާ ނަމަ ހަނދު ބަލަން ދިއުމެއް ސައުދީ އަރަބިއްޔާގައި ނޯވެއެވެ.

ހަމަ ލޮލުން ހަނދު ބެލުމުގެ އިތުރުން ފަލަކީ ހިސާބުތަކުން ހަނދު ސާބިތު ކުރުމުގެ އުސޫލެއްވެސް ސައުދީ އަރަބިއްޔާއިން ކަނޑައަޅައިފައި ވެއެވެ. މި ގޮތުން އެ ގައުމުގައި އަމަލުކުރާ ގޮތަކީ، އިރު އޮއްސުމުގެ ކުރިން މާރަހަވެފައި، އިރު އޮއްސުމުގެ ފަހުން ހަނދު އޮއްސޭނަމަ، އައު މަސް ފެށުނީ ކަމަށް ބެލުމެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ