މާލެ ސިޓީ ކައުންސިލުން މާލޭގެ ހުރިހާ ސްޕީޑް ބްރޭކަރެއް އައުކޮށްފި

ޚަބަރު ފަހުގެ

މާލެ ސިޓީ ކައުންސިލުން ރޯދައަށް މާލޭގެ ހުރިހާ މަގުތަކުގައި ހުރި ސްޕީޑް ބްރޭކަރުތަކުގައި ދަވާދު އާކޮށް ނިންމައިފިއެވެ.

މާލެ ސިޓީ ކައުންސިލްގެ އާއްމު ހިދުމަތްތަކާއިބެހޭ މަސައްކަތްތަކާއި ހަވާލުވެ ހުންނެވި ކައުންސިލަރު އާދަމް ރަމީޒް ވިދާޅުވީ ސްޕީޑް ބްރޭކަރުތަކުގައި ދަވާދު އާކުރުމުގެ މަސައްކަތުގެ ތެރެއިން އަލަށް ހެދުނު ސްޕީޑް ބްރޭކަރު ހިމަނައިގެން 323 ސްޕީޑް ބްރޭކަރުގައި ދަވާދު އާކޮށް ނިމިފައި ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މީގެ އިތުރުން ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ރޭމްޕް ހެދުމުގެ މަސައްކަތްތައްވެސްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން މާލެ ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރު ފެށުނު ފަހުން މިއަދާއި ހަމައަށް މުޅިން އަލަށް 103 ރޭމްޕް ހެދިފައިވާ ކަމަށްވެސް ރަމީޒް ވިދާޅުވިއެވެ.

ރަމީޒް ވިދާޅުވީ މިއީ ބުރަ މަސައްކަތް ތަކެއް ނަމަވެސް މުވައްޒަފުންގެ ހިތްވަރާއި އެކު ރޯދައިގެ ކުރިން މިކަން ނިންމާލެވުމަކީ ވަރަށްބޮޑު ހިތްހަމަ ޖެހުމެއްކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ