އިހްޔާ ފޯރަމްގެ ފުރަތަމަ ޕްރޮގްރާމް މިރޭ

ޚަބަރު ފަހުގެ

މި އަހަރުގެ ރަމަޟާން މަހުގެ ރޭތައް އިހްޔާކުރުމަށް ކުރިއަށްގެންދާ އިހްޔާ ފޯރަމްގެ ފުރަތަމަ ޕްރޮގްރާމް މިރޭ ފަށާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

މިރޭ އިސްލާމީ މަރުކަޒުގައި އޮންނަ އިހްޔާ ފޯރަމްގައި ބައިވެރިވެ ވަޑައިގަންނަވާނީ އައްޝައިހް އިލްޔާސް ހުސައިންއާއި އައްޝައިހް ނަސްރުﷲ އަލީ ކަމަށާއި މިރޭގެ މައުޟޫއަކީ “ހެޔޮކަމުގެ މޫސުމުގެ ފައިދާ ލިބިގަތުމުގައި އަވަސްވެގަންނާށެވެ!” މި މައުޟޫއު ކަމަށް މިނިސްޓްރީން ބުންޏެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މިރޭ އިހްޔާ ފޯރަމްތައް ކުރިއަށްދާނީ 21:30 އިން 22:30 އަށް އިސްލާމީ މަރުކަޒުގައެވެ.

ހުކުރު ދުވަހުގެ ރޭގެ އިހްޔާ ފޯރަމްތައް ކުރިއަށް ގެންދާނީ ރާއްޖޭގެ އެކި އަތޮޅުތަކުގައި ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ. އެގޮތުން 8 އޭޕްރީލްގައި ކުޅުދުއްފުށި ސިޓީގައި، 15 އޭޕްރިލްގައި އައްޑޫ ސިޓީގައި، 22 އޭޕްރިލްގައި ފުވައްމުލަކު ސިޓީގައި، އަދި 29 އޭޕްރިލްގައި ރ. އުނގޫފާރުގައި އިހްޔާ ފޯރަމް ކުރިއަށް ގެންދާނެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ