އަމިއްލަ ފަރާތެއްގެ ދީލަތި ހިލޭ އެހީއާއެކު މާފަންނުުގައި އިމާރާތްކުރި އައު މިސްކިތް ހުޅުވައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ވިދާޅުވީ އެތަނުގައި ކުރިން ހުރި މިސްކިތުގެ ބަދަލުގައި އަލަށް އިމާރާތްކުރި މި މިސްކިތުގައި 1000 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭނެ ކަމަށެވެ.
އަލަށް ހުޅުވި އެ މިސްކިތުގައި އަންހެނުންނަށް ނަމާދުކުރެވޭނެ އިންތިޒާމުވެސްވަނީ ހަމަޖެހިފައެވެ.
ދެ ފަންގިފިލާއަށް އިމާރާތް ކޮށްފައިވާ މި މިސްކިތުގެ ނަމާދުކުރާ ބައިގެ ބޮޑުމިނުގައި 6000 އަކަފޫޓު، ހަރިންމައިގެ ބޮޑުމިނުގައި 5687 އަކަފޫޓު ހުންނަ މި މިސްކިތް އިމާރާތްކުރަން ފަށާފައިވަނީ 2019ވަނަ އަހަރުގެ އޮގަސްޓް މަހުގެ 29 ވަނަ ދުވަހުއެވެ. އަދި މި މިސްކިތް ހުޅުވާފައިވަނީ އިއްޔެއެވެ.
އެ މިސްކިތް އިމާރާތް ކުރީ އަމިއްލަ ފަރާތެއްގެ ހިލޭ އެހީގެ ދަށުން ކަމުގައި އިސްލާމިކް މިނިސްޓްރީން ވިދާޅުވިނަމަވެސް އެއީ ކޮން ފަރާތެއްކަން ހާމަކޮށްފައެއް ނުވެއެވެ.


