ހަތަރު ސިޔާސީ ޕާޓީއަކަށް 32.9 މިލިއަން ރުފިޔާ ދޫކުރަން އިލެކްޝަންސުން އެދިއްޖެ

ޚަބަރު ފަހުގެ

ސިޔާސީ ޕާޓީތަކުގެ ތެރެއިން ޝަރުތު ހަމަވާ ހަތަރު ސިޔާސީ ޕާޓީއަކަށް 32.9 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ދޫކޮށްދިނުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ފިނޭންސް މިނިސްޓްރީގައި އެދިއްޖެއެވެ.

މިއަހަރުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހުން ފާސްކުރި އިރު، ސިޔާސީ ޕާޓީތަކުގެ ޝަރުތު ހަމަވާ އޮތީ ހަތަރު ޕާޓީއެކެވެ. އެއީ ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީއާއި އިދިކޮޅު ޕީޕީއެމްއާއި ސަރުކާރު ކޯލިޝަންގައި ދެން ހިމެނޭ ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީއެވެ

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އިލެކްޝަންސް އިން ފައިސާ ދޫކުރަން އެދިފައިވާ ސިޔާސީ ޕާޓީތަކާއި އަދަދުތައް:

  • އެމްޑީޕީގެ 54،660 މެމްބަރުން: ދޫކުރާ ފައިސާގެ އަދަދު، 15،024،009.96 ރުފިޔާ
  • ޕީޕީއެމްގެ 34،237 މެމްބަރުން: ދޫކުރާ ފައިސާގެ އަދަދު، 9،410،483.51 ރުފިޔާ
  • ޖޭޕީގެ 20،107 މެމްބަރުން: ދޫކުރާ ފައިސާގެ އަދަދު، 5،526،669.74 ރުފިޔާ
  • އަދާލަތު ޕާޓީ، 10،554 މެމްބަރުން: ދޫކުރާ ފައިސާގެ އަދަދު، 2،900،903.79 ރުފިޔާ
އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ