ގަލޮޅު ދަނޑު ތަރައްގީ ކުރަން ނިންމިއިރު، މަޝްވަރާ ނުކުރާތީ މުއިއްޒު ހިތްހަމަނުޖެހިއްޖެ

ޚަބަރު ފަހުގެ

ރާއްޖޭގެ ރަސްމީ ފުޓުބޯޅަ ދަނޑު ތަޅާލައި އެތަން ތަރައްގީ ކުރަން ސަރުކާރުން ނިންމި އިރު، މާލޭ ސިޓީ ކައުންސިލާ އެއްވެސް މަޝްވަރާއެއް ކޮށްފައިވާ ނުވާތީ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވަރަށް ބޮޑަށް ހިތްހަމަޖެނުޖެހުން ފާޅުކުރައްވައިފއެވެ.

ގަލޮޅު ދަނޑު ތަރައްގީ ކުރާނެ ގޮތުގެ ކުރެހުންތަކާއެކު ޔޫތް މިނިސްޓަރު އަހުމަދު މަހްލޫފް ކުރެއްވި ޓުވީޓު ރީޓުވީޓު ކުރައްވައި މުއިއްޒު ވަނީ ދަނޑު ތަރައްގީ ކުރަން އުޅޭއިރު މާލޭ ރައްޔިތުން ކައިރި، ވަކިން ޚާއްސަކޮށް ގަލޮޅުގެ ރައްޔިތުން ކައިރީ އެއްސެވިންތޯ ސުވާލު ކުރައްވައިފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ރާއްޖޭގެ ކުޅިވަރު ތަރައްގީ ކުރުމަށް އިންޑިއާ އިން ދޭ 40 މިލިއަން ޑޮލަރުގެ ލޯން އެހީގެ ތެެރެއިން ގަލޮޅު ދަނޑުގެ ތަރައްގީ އަށް ހަރަދުކުރަން އަންނަ އަހަރުގެ ބަޖެޓްގައި 45،494،505 ރުފިޔާ ވަނީ ހިމަނާފައެވެ. އަދި 2023 ވަނަ އަހަރުގެ ބަޖެޓްގައި 10 މިލިއަން ރުފިޔާ ވަނީ ގަލޮޅު ދަނޑުގެ ތަރައްގީ އަށް ހިމަނައިފައެވެ. މިއީ އިންޑިއާގެ އެގްޒިމް ބޭންކް މެދުވެރިކޮށް ދޭ ލޯނުން ހިންގަން ނިންމާފައިވާ ޕްރޮޖެކްޓެކެވެ.

ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު މިއަދު ވަނީ ގަލޮޅު ދަނޑު ތަޅާލާފައި ތަރައްގީ ކުރާ އާ ދަނޑުގެ ކުރެހުންތައް އާންމު ކުރައްވައިފައެވެ. މިގޮތުން ކުރެހުންތަކުން ދަނޑު ފެންނަނީ ވަރަށް ވެސް ހިތްގައިމުކޮށެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ