ޑަބްލިއުއެޗްއޯ އިން ކޮވިޑް ވޭރިއަންޓެ ޓެސްޓު ކުރާ މެޝިނެއް ރާއްޖެ އަށް ހަދިޔާކޮށްފި

ޚަބަރު ފަހުގެ

ކޮވިޑް ވޭރިއަންޓް ޓެސްޓު ކުރާ ޖިނޯމް ސީކުއަންސިން މެޝިނެއް ދުނިޔޭގެ ސިއްހަތު މަޖިއްޔާ (ޑަބްލިއުއެޗްއޯ) އިން ރާއްޖެއަށް ހަދިޔާކޮށްފިއެވެ.

މިއަދު ޑަބްލިއުއެޗްއޯއިން ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖެއަށް ހަވާލުކުރި ޖީން ސީކުއެންސް މެޝިންއާ ހަވާލުވެވަޑައިގަތީ ހެލްތު މިނިސްޓަރު އަހުމަދު ނަސީމެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މިކަމާ ގުޅޭގޮތުން ޑަބްލިއުއެޗްއޯ މޯލްޑިވްސް އިން ބުނީ އެ މެޝިންގެ ސަބަބުން ރާއްޖޭގައި ކޮވިޑްގެ ވޭރިއަންޓްތައް ދައުރުވާ މިންވަރު ދެނެގަތުމަށް ފަސޭހަވެގެން ދާނެ ކަމަށާއި އެ ޓެސްޓު ހައްދަން ދާ ހަރަދުވެސް ބޮޑުތަނުން ކުޑަކުރެވިގެންދާނެ ކަމަށެވެ.

ޖީން ސީކުއެންސިންގެ ކެޕޭސިޓީ އިތުރުކުރުމުގެ ސަބަބުން، ކޮވިޑްގެ އިތުރުން އިންފްލުއެންޒާ، ހިމަބިހި ފަދަ ނުރައްކާތެރި އެހެން ބަލިތައް ފެތުރުން ހުއްޓުވާ ކޮންޓްރޯލް ކުރުމަށް ވެސް ފަސޭހަވާނެ ކަމަށް ވެސް ޑަބްލިއުއެޗްއޯ މޯލްޑިވްސް އިން ބުނެއެވެ.

ރާއްޖެއިން މީގެ ކުރިން ޖީން ސީކިއުންސް ޓެސްޓު ކުރަން ފޮނުވަނީ އިންޑިއާށެވެ. މިއަދު ލިބިގެން ދިޔަ މެޝިނާއެކު ރާއްޖެއިން އެ ޓެސްޓު ކުރެވެން ފެށޭނެ އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ