އެމްއޭސީއެލްގެ ޑެޕިއުޓީ އެމްޑީއަކަށް ތޯހާ ހަމަޖައްސައިފި

ޚަބަރު ފަހުގެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް އިބްރާހިމް ތޯހާ ހަމަޖައްސައިފި އެވެ. ތޯހާ އެ މަގާމަށް އިސްކުރެވުނު އިރު ހުންނެވީ އެމްއޭސީއެލްގެ އެކްޓިން އެމްޑީގެ މަގާމުގައެވެ.

އެމްއޭސީއެލްގައި މަސައްކަތް ކުރައްވާތާ 32 އަހަރު ވެފައިވާ ތޯހާ، ޑީއެމްޑީއަކަށް ހަމަޖެއްސުމަށް ފަހު، އެ ކަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަށް އެމްއޭސީއެލުން މިހާރު ވަނީ އަންގައިފަ އެވެ. އެ ބަދަލު ގެނައީ އެމްއޭސީއެލްގެ ބޯޑުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެމްއޭސީއެލްގެ އެކްޓިން އެމްޑީގެ މަގާމަށް މީގެ ހަތަރު މަހެއްހާ ދުވަސް ކުރިން ތޯހާ ހަމަޖެއްސުމުގެ ކުރިން އޭނާ ހުންނެވީ އެ ތަނުގެ ޑެޕިއުޓީ ޗީފް އޮފިސަރަކަށެވެ. އެކްޓިން އެމްޑީއަކަށް ތޯހާ ހަމަޖެއްސީ، އެމްއޭސީއެލްގެ ސީއީއޯ އަދި އެމްޑީގެ މަގާމުގައި ހުންނެވި، އިނގިރޭސި ވިލާތަށް އުފަން ގޯޑަން އެންޑްރޫ ސްޓުވާޓް މަގާމުން ވަކި ކުރުމުންނެވެ.

އެ ކުންފުނީގެ ބޯޑުގައި ތޯހާ އާއެކު މި ވަގުތު ހަތް ބޭފުޅުން ތިއްބަ އެވެ. އެއީ ޗެއާމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) އާއި އިބްރާހިމް ނޫރައްދީނާއި އައިޝަތު އަރޫޝާ އާއި އަހުމަދު އީމާން މޫސާ އާއި އިބްރާހިމް ސިޔާދު ގާސިމް އަދި ޑރ. އިބްރާހިމް މަހްފޫޒެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ