ބ. ފުޅަދޫ ސްކޫލުގެ ޓީޗަރަކު ކުއްލި ގޮތަކަށް ނިޔާވެއްޖެ އެވެ. ނިޔާވެފައި ވަނީ ފުޅަދޫ ސްކޫލްގައި މަސައްކަތްކުރަމުން އަންނަ ބިދޭސީ ޓީޗަރެއްކަމުގައިވާ މަނޯޖްކުމާރު. ކޭ. ވެލަޔުދަން އެވެ.
އެ ޓީޗަރު ނިޔާވެފައިވަނީ އުނދަގޫތަކެއް ވެގެން ރަށު ސިއްހީ މަރުކަޒަށް ގެންގޮސްގެން އުޅެނިކޮށް ހާޓްއެޓޭކެއް ޖެހިގެން މިއަދު މެންދުރު 12:00 ޖަހާކަންހާއިރުއެވެ.
އެޑިއުކޭޝަނުން ފޮނުވާފައިވާ ތައުޒިޔާގެ މެސެޖުގައި ބުނެފައިވަނީ ފުޅަދޫ ސްކޫލްގައި މަސައްކަތްކުރަމުން އަންނަ ސައިންސް ޓީޗަރ، މަނޯޖްކުމާރު ނިޔާވުމާއި ގުޅިގެން ހިތާމަކުރާކަމަށެވެ.
މަނޯޖްކުމާރަކީ ރާއްޖޭގައި 8 އަހަރު ދުވަހު ތައުލީމީ ދާއިރާގައި މަސަައްކަތްކޮށްފައިވާ ޓީޗަރެއް ކަމަށާއި، އަދި އޭނާ އަކީ ދަރިވަރުންނާއި، ބެލެނެވެރިންގެ އިތުރުން އެކުގައި މަސައްކަތްކުރައްވާ ގިނަބައެއްގެ ލޯބި ލިބިފައިވާ މީހެއް ކަމަށް އެޑިއުކޭޝަނުން ފޮނުވި ތައުޒިޔާގެ މެސެޖުގައި ބުނެފައިވެއެވެ.


