ހުޅުމާލޭގައި ހުރި ގުުދަނެއްގައި މުދާ އުފުލުމަށް ބޭނުން ކުރާ ލިފްޓެއް ވެއްޓި ދެ މީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މި ހާދިސާގައި ދެ މީހަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު ހަވީރު 17:00ގައި ކަމަށެވެ. އަދި މި ހާދިސާގައި އަނިޔާވީ ދެ ބިދޭސީންނަށް ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
އިތުރަށް އޮފިޝަލް ވިދާޅުވީ، އަނިޔާވި ދެ މީހުންނަށް ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާދެމުންދާ ކަމަށެވެ. އެމީހުންގެ ހާލަތާއި ގުޅޭގޮތުން ވަކި އެއްޗެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
ފުލުހުން ދަނީ މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން އިތުރަށް ބަލަމުންނެވެ


