ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އާ ލޯގޯ ތައާރަފުކޮށްފި އެވެ.
އެ ހޮސްޕިޓަލުން ބުނީ މިއީ ހޮސްޕިޓަލު އުފެއްދައި ބޭނުން ކުރަން ފެށި ލޯގޯ ބަދަލު ކުރި ފުރަތަމަ ފަހަރު ކަމަށެވެ. ލޯގޯ ފަރުމާކޮށްފައިވަނީ ހޮސްޕިޓަލަށް އަންނަމުންދާ ކުރިއެރުމާއި މުސްތަގުބަލަށް ވިސްނައިގެން ކަމަށެވެ.
ހޮސްޕިޓަލުގެ އަމާޒަކީ އާ ލޯގޯއިން ބުނެދޭ މެސެޖާއި އެއްގޮތަށް އިތުރު ފުރިހަމަ ހިދުމަތްތަކެއް ހޮސްޕިޓަލުން ފޯރުކޮށްދިނުން ކަމަށެވެ.
މި ލޯގޯ ފަރުމާ ކޮށްފައިވަނީ ނ. ވެލިދޫ، އަހުމަދު ހާލިދެވެ. އާ ލޯގޯ ފަރުމާކޮށް ހުށަހެޅުމުގެ ފުރުސަތު އާންމުކޮށް އެ ހޮސްޕިޓަލުން ހުޅުވާލީ މީގެ ދެ މަހެއްހާ ދުވަސް ކުރިންނެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ވަނީ ހޮސްޕިޓަލަށް ގެންނަ މިފަދަ ބަދަލުތަކަށް އެއްބާރުލުން ދޭ ފަރާތްތަކަށް ޝުކުރު އަދާކޮށްފަ އެވެ.


