އެމްޓީސީސީން އޮންލައިން ފިހާރައަކާއި އެޕެއް ހަދަނީ

ޚަބަރު ފަހުގެ

އެމްޓީސީސީ ކަށަވަރަށް އޮންލައިން ފިހާރައަކާއި މޮބައިލް އެޕެއް ޑިވެލޮޕްކޮށްދޭނެ ބަޔަކު ހޯދަން ހުޅުވާލައިފިއެވެ.

އެ ކުންފުނިން ބުނީ އެ ދެ މަސައްކަތް ކޮށްދޭން ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 25 ވަނަ ދުވަހު 10:00 އާ ހަމައަށް އޮންނާނެކަމަށެވެ. އަދި މިކަމާ ބެހޭ ގޮތުން މައުލޫމާތު ދިނުން މި މަހުގެ 18 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި އޮންނާނެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މަޢުލޫމާތު ސާފުކުރެއްވުމަށް އަދި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ ޒޮނެއިރިޔާ ބިލްޑިންގ 3 ވަނަ ފަންގިފިލާގެ މީޓިންގްރޫމަށް މަތީގައި ބަޔާންކުރެވިފައިވާ ވަގުތުގައި ކަމަށްވެސް އެމްޓީސީސީން ބުނެއެވެ.

އެ ކުންފުންޏަށް އޮންލައިން ފިހާރައަކާއި މޮބައިލް އެޕެއް ހަދަން ހުޅުވާލި އިރު، އެމްޓީސީސީ އަކީ ގިނަ މަސައްކަތްތަކެއް ކުރާ ކުންފުންޏެކެވެ. އޭގެތެރޭގައި ރާއްޖޭގެ ތަރައްގީއާ ގުޅުން ހުރި އެކިއެކި މަޝްރޫއުތައް ހިންގުމާއި ދަތުރުފަތުރާއި އަދި ދަތުރުފަތުރަށް ބޭނުންވާ އެކިއެކި އެއްޗެހި ވިއްކުމާއި ސާވިސްތައް ދިނުން ހިމެނެ އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ