ހަނިމާދޫ ކައުންސިލް ޤުރުއާން މުބާރާތް 1443 ގައި ބައިވެރިވުމުގެ ފުރުޞަޠު ހުޅުވާލައިފި

ހަނިމާދޫ ޚަބަރު ފަހުގެ

ހަނިމާދޫ ކައުންސިލް ޤުރުއާން މުބާރާތް 1443 ގައި ބައިވެރިވުމުގެ ފުރުޞަޠު ހުޅުވާލައިފިއެވެ.

ހަނިމާދޫ ކައުންސިލުން މިއަދު ކުރި ޢިއުލާނެއްގައި ވަނީ، އެ ކައުންސިލުން މި އަހަރު ބާއްވާ ޤުރުއާން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރުއްވުމަށްފަހު 28 އޭޕްރިލް 2022 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން އެ އިދާރާއަށް ހުށަހެޅުމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މި މުބާރާތުގައި ބައިވެރިވެވޭ އުމުރެއްގެ ގޮތުގައި ކަޑައަޅާފައި ވަނީ 18 ދަށުގެ ދިވެހި ކޮންމެ ރައްޔިތެކެވެ. އެގޮތުން ބައިވެރިވާ އުމުރުފުރާތައް 6 ދާއިރާއަކަށް ބަހާލާފައިވެއެވެ. އެއީ 6 އަހަރުން ދަށް 1 ފޮތް، 7 އަހަރުން ދަށް 2 ފޮތް، 9 އަހަރުން ދަށް 3 ފޮތް، 11 އަހަރުން ދަށް 5 ފޮތް، 13 އަހަރުން ދަށް 7 ފޮތް، 16 އަހަރުން ދަށް 10 ފޮތް އަދި 19 އަހަރުން ދަށް 15 ފޮތެވެ.

މި މުބާރާތުގައި ބައިވެރިވާން އެދޭ ފޯމު އަދި ޤަވައިދު އެ އިދާރާގެ ކައުންޓަރުންނާއި އެ އިދާރާގެ ވެބްސައިޓުން ލިބޭ ގޮތަށް ހަމަޖައްސާފައިވެއެވެ. ފޯމް ބަލައިގަތުމާއި ދޫކުރުން ކުރިއަށްދާނީ ހެނދުނު 09:00 ން މެންދުރު 13:00 ހަމަޔަށެވެ.

ހަނިމާދޫ ކައުންސިލްގެ ޤުރުއާން މުބާރާތުގެ ޤަވާއިދު

އެޕްލިކޭޝަން ފޯމް

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ