ޓިއުޝަން ޓީޗަރެއް، ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ހުޅުމާލޭ ގެއެއްގައި، ޓިއުޝަން ޓީޗަރަކު، ދަރިވަރަކަށް ޖިންސީގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މި މައްސަލަ ހުށައަޅާފައި ވަނީ މިިދިޔަ ހޮނިހިރު ދުވަހު ކަމަށް ފުލުހުން ބުންޏެވެ.
އަށާރަ އަހަރުން ދަށުގެ އަންހެން ކުއްޖަކަށް ޖިންސީގޯނާ ކުރިމަކަށް ބުނާ މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރު ކޮށްފައި ނުވާކަމަށް ފުލުހުން ބުންޏެވެ.
ނަމަވެސް މި މައްސަލަ ފުލުހުން ދަނީ ތަހިގީގު ކުރަމުންނެވެ


