ހދ. އަތޮޅު ތައުލީމީ މަރުކަޒު (އޭއީސީ) ގެ އޮފީސް އިމާރާތުގެ މަސައްކަތް ކުރުމަށް ‘އިވޯސަން މޯލްޑިވްސް’ އާ ހަވާލުކޮށްފި އެވެ.
އެއްބަސްވުމުގައި ސޮއިކުރުންމުގެ ރަސްމިއްޔާތު އޮތީ އިއްޔެ މިނިސްޓްރީ އޮފް އެޑިއުކޭޝަންގަ އެވެ. މިރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްރަ ޑރ. އައިސަތު އަލީގެ އިތުރުން ކުޅުދުއްފުށީގެ މަޖިލިސް މެންބަރުން ބައިވެރިވި އެވެ.
އެކުންފުންޏާއި މި މަސައްކަތް ހަވާލު ކުރެވުނީ 8،355،517.18 ރއަށް، 300 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. ނިމޭނެކަމަށް ލަފާކުރާ ތާރީޚް އަކީ1 މާރިޗު 2023 އެވެ.


