ހަނިމާދޫގައި ސަރުކާރުން އަޅައިދެއްވާ މިސްކިތުގެ ޤިބުލަ ފާހަގަކޮށްދެއްވައިފި

ހަނިމާދޫ ޚަބަރު ފަހުގެ

ހަނިމާދޫގައި ސަރުކާރުން އަޅައިދެއްވާ މިސްކިތުގެ ޤިބުލަ ފާހަގަކޮށްދެއްވައިފިއެވެ.

ހަނިމާދޫ ކައުންސިލުން ހާމަކޮށްފައިވާގޮތުން ހަނިމާދޫ ސްކޫލް އުތުރުން، އޯކިޑްމަގާއި މިރިހިމަގު ދެމެދުވާ ހުސްތަނުގައި އަޅާ މިސްކިތުގެ ޤިބުލަ މިއަދު ފާހަގަ ކޮށްފިއެވެ. އެކަން ކޮށްފައިވަނީ މިއަދު ހަވީރު އެކަމަށްޓަކައި އިސްލާމިކް މިނިސްޓްރީން ހަނިމާދޫއަށް ވަޑައިގެން ބޭފުޅުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މިއީ ހަނިމާދޫގައި ސަރުކާރުން ހަރަދު ކޮށްގެން އަޅާ ފުރަތަމަމިސްކިތެވެ. މިއީ 500 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މި މިސްކިތަށް ދައުލަތުން 11.9 މިލިއަން ރުފިޔާ ހަރަދުކުރާނެއެވެ.

މި މިސްކިތް އެޅުމަށް އިސްލާމިކް މިނިސްޓުރީން ވަނީ 7 ފެބުރުވަރީ 2022 ވަނީ ދުވަހު އަލާފް ޕްރައިވެޓް ލިމިޓެޑާއެކު ސޮއިކޮށްފައެވެ.

365 ދުވަސްތެރޭގައި ނިންމާގޮތަށް ހަމަޖެހިފައިވާ މި މިސްކިތް ނިމޭއިރު އަންހެނުންނަށް ނަމާދުކުރެވޭނެ އިންތިޒާމް ވެސް ހަމަޖެހިފާ ހުންނާނެއެވެ.

އަދި އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން މިސްކިތް އޭސީކުރުމަށް ވެސް ހަމަޖެގިފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ