ސަރުކާރަށް ތާއީދެއް ނެތް، މާ ގިނަ ގޯސް ހެދިއްޖެ – ނަޝީދު

ޚަބަރު ފަހުގެ

ސަރުކާރަށް، ސަރުކާރުން ހީކުރާވަރުގެ ތާއީދެއް ނެތް ކަމަށް ވެރިކަން ކުރާ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ “އަޅުގަނޑަށް ހީވަނީ 50 ޕަސެންޓް އަށް ވުރެ އިތުރަށް ހޯދަން ވަރަށް އުނދަގޫވާނެ ކަމަށް. މާ ގިނަ ގޯސް ހެދިއްޖެ. އަދި އެ ގޯސް އެއް ބަޔަކު އަނެއް ބަޔަކަށް ގަބޫލެއް ނުކުރޭ. ސަރުކާރަށް ލަފާ ކުރެވެނީ ވަރަށް ތާއީދު ބޮޑު ކަމަށް.” ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ސަރުކާރަށް ފަހަކަށް އައިސް ހުދު ރައީސް ނަޝީދު ވެސް ގެންދަވަނީ ފާޑުވިދާޅުވަމުންނެވެ. ރޭ ވެސް އެމަނިކުފާނު ވަނީ އެފާޑުވިދާޅުވުން ތަކުރާރު ކުރައްވާފައެވެ. ރައީސް ނަޝީދު ވިދާޅުވީ މިފްކޯގެ ކަންތައް ނުކުރެވި އެމްޑީޕީ ސިޔާސަތުގެ ރަށްރަށު މަސް ޕްލާންޓްސް ވެސް ނުހެދުނު ކަމަށެވެ.

ލޯނުތަކަށް ސަރުކާރުން ދައްކަން ޖެހޭ ފައިސާ އަށް އިޝާރާތްކޮށް ރައީސް ނަޝީދުގެ އިތުރު މެސެޖެއްގައި ވިދާޅުވީ މި ހިނގަނީ ވަރަށް ގިނަ ފައިސާ އަނބުރާ ދައްކަން ޖެހޭ އަހަރެއް ކަމަށެވެ. އަދި ވަރަށް ރިސްކު ބޮޑު އަހަރެއް ކަމަށާއި ނަމަވެސް މިއިން އެއްވެސް ކަމަކަށް ސަރުކާރުން ބަލާ ނުލާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ