ހައިޑްރޮގްރަފިކް ސާވޭއަށް ބޭނުންވާ ބައެއް ތަކެތި އިންޑިއާއިން ހަދިޔާކޮށްފި

ޚަބަރު ފަހުގެ

އިންޑިއާ-މޯލްޑިވްސް ޑިފެންސް ކޯޕަރޭޝަން އެކްސްޗޭންޖުގެ ދަށުން އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ގޮތުގައި، ހައިޑްރޮގްރަފިކް ސާވޭއަށް ބޭނުންވާ ބައެއް ތަކެތި ހަދިޔާކޮށްފިއެވެ.

މި ތަކެތި ހަދިޔާކުރީ ސިފައިންގެ މައި މަރުކަޒު، ބަންޑާރަކޮށީގައި މިކަމަށް ޓަކައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި، ހައިޑްރޮގްރަފިކް ސާވޭއަށް ބޭނުންވާ ބައެއް ތަކެތި ހަދިޔާކުރުމުގެ އިތުރުން، 2021 ވަނަ އަހަރު ރާއްޖޭގެ އުތުރުގެ ސަރަޙައްދުގައި ކުރިއަށް ގެންދިޔަ ޖޮއިންޓް ހައިޑްރޯގްރަފިކް ސަރވޭއިން ތައްޔާރުކުރި ނެވިގޭޝަނަލް ޗާޓްވެސް ވަނީ ހަވާލުކުރައްވާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އޭގެއިތުރުން، ފަހުމުނާމާގައި ޗާޓް ވިއްކުމާ ގުޅޭގޮތުން އެއްބަސްވެފައިވާ ގޮތަށް ޖޮއިންޓް ސަރވޭއިން ތައްޔާރުކޮށްފައިވާ ޗާޓްތަކުގެ ތެރެއިން މިހާތަނަށް އިންޑިއާއިން ވިއްކި ޗާޓުތަކުން ދިވެހިރާއްޖެއަށް ލިބެންވާ ރޯޔަލްޓީ ފައިސާގެ ޗެކް ވެސް މި ރަސްމިއްޔާތުގައި ހަވާލުކުރައްވާފައިވެއެވެ.

އިންޑިއާ ސަރުކާރުގެ ފަރާތުން އެ ތަކެތި ހަވާލުކޮށްދެއްވީ، ރަސްމީ ދަތުރުފުޅެއްގައި މިވަގުތު ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިއާގެ ޗީފް އޮފް ނޭވަލް ސްޓާފް އެޑްމިރަލް އާރް. ހަރީ ކުމާރެވެ.

ހައިޑްރޮފީ ދާއިރާއިން ސަރވޭ ކުރެވުނު ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ޗާޓް ޕްރިންޓްކޮށް ވިއްކައިގެން ލިބުނު ފައިސާގެ ތެރެއިން ރޯޔަލްޓީގެ ގޮތުގައި ދޭންޖެހޭ ފައިސާގެ ރަމްޒީ ޗެކާ ހަވާލުވެލެއްވީ ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޙަސަން ޒަމީލެވެ. އަދި، ދެ ޤައުމު ރަމްޒުކޮށްދޭ ކްރެސްޓް ނުވަތަ ނިޝާން ހިމަނައިގެން ޕްރިންޓްކުރެވުނު ޖޮއިންޓްލީ ސަރވޭޑް ޗާޓްއާ މޯލްޑިވްސް ހައިޑްރޮގްރެފިކް ސަރވިސްގެ ފަރާތުން ރަސްމީކޮށް ހަވާލުވެލެއްވީ ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) ޒަކަރިއްޔާ މަންސޫރެވެ. އޭގެ އިތުރުން، ދިވެހިރާއްޖޭގެ ހައިޑްރޮގްރަފީ އޮފީހަށް ހަދިޔާ ކުރެއްވި އިކްއިޕްމަންޓްތަކާ ހަވާލުވެލެއްވީ އެމްއެންޑީއެފް ކޯސްޓްގާޑްގެ ކޮމަޑާންޓް، ކާނަލް އިބްރާހީމް ޙިލްމީއެވެ.

2007 ވަނަ އަހަރުން ފެށިގެން އިންޑިއާގެ އެހީތެރިކަމާއެކު ދިވެހިރާއްޖޭގައި ހައިޑްރޮގްރަފީގެ ސަރވޭތައް ފެށިފައިވީ ނަމަވެސް މިހާރު ވަކި ނިޒާމެއްގެ ތެރެއިން ސިސްޓަމެޓިކްކޮށް ރާއްޖޭގައި ހައިޑްރޮގްރަފިކް ޚިދުމަތް ދިނުމުގެ މަސައްކަތް ވަނީ ފަށާފައެވެ. ދިވެހިރާއްޖެއަކީ، 99.7 އިންސައްތަ ކަނޑު ހިމެނޭ ޤައުމަކަށްވެފައި ކަނޑުމަތީގައި ދިމާވާ ހާދިސާތައް މަދުކުރުމަށާއި، ހާދިސާއެއް ދިމާވާ ހާލަތުގައި އަވަސްކަމާއެކު ޙަރަކާތްތެރިވުމަށް މި ޗާޓުތަކުގެ ސަބަބުން ގިނަގުނަ ފަސޭހަތަކެއް ލިބިގެންދާނެކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.

އެގޮތުން ހައިޑްރޮގްރަފީގެ ޚިދުމަތް ރާއްޖޭގައި ޤާއިމްކުރުމަށްޓަކައި ދެ ޤައުމުގެ މެދުގައި ސޮއިކުރެވުނު ފަހުމުނާމާގައި އެއްބަސްވެފައިވާ ގޮތަށް ދިވެހިރާއްޖޭގައި ހައިޑްރޮގްރެފިކް ޚިދުމަތް ޤާއިމް ކުރުމަށް އިންޑިއާއިން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ