އާރް ޓީ އެލް ފެރީ ހިދުމަތުގެ މައުލޫމާތު ދޭން ހަނިމާދޫގައި ބޭއްވި ބައްދަލުވުމަށް ލިބުނީ ފިނިތަރުހީބެކެވެ.
ރޭ ހަނިމާދޫ އިޖުތިމާއީ މަރުކަޒުގައި ބޭއްވި މި މައުލޫމަތު ސެޝަނަށް ފިނި ތަރުހީބެއް ލިބުމުގެ މައިގަނޑު އެއްސަބަބެއްކަމަށް ލަފާ ކުރެވެނީ ތަރާވީސް ނަމާދު ކުރަމުންދާ ވަގުތަށް ދިމާވާހެން ސެޝަން ރާވާފައިވުމުންކަމަށް ބެލެވެއެވެ.
އާރް ޓީ އެލް ފެރީ ހިދުމަތާއި ގުޅޭގޮތުން މައުލޫމާތު ހިއްސާކުރަން ބޭއްވި ސެޝަންގައި ވަނީ އެ ނެޓްވޯކް ހދ، ހއ، ށ ފެރީ ރޫޓްގެ މައުލޫމާތާއި ޓިކެޓް ނެގުމަށް ކަންތައް ކުރަން ޖެހޭގޮތުގެ މައުލޫމާތު ހިއްސާކޮށްފައެވެ.

އާރް ޓީ އެލް ފެރީ ހިދުމަތަށް ބޭނުން ކުރާނީ އޮންލައި ޓިކެޓް ތަކެއްކަމަށާއި އެ ކަމަށް ޚާއްސަ އެޕުން ޓިކެޓް ނެންގެވުމުން ބާ ކޯޑެއް ލިބިގެން ދާނެކަށް އެސެޝަންގައި މައުލޫމާތު ދީފައިވެއެވެ. އަދި އެ ބާކޯޑް އެ އެޕްލިކޭސަންގައި ޖައްސަވާ އީމެއިލަށްވެސް ލިބޭނެ ކަމަށްވެސް ވިދާޅުވިއެވެ. ޓިކެޓް ނަގަން ޔޫސާއެއް ރަޖިސްޓާކުރުމުން އެއްފަހަރާ 10 ޓިކެޓް ނެގޭއިރު ކޮންމެ ޕަސިންޖަރަކަށްވެސް ވަކި ބާކޯޑެއް ލިބިގެން ދާނެއެވެ.
މި ފެރީ ނިޒާމުގައި ދަތުރު ކުރާ ކަސްޓަމަރުނަން އުފުލެނީ މުޅިޖުމުލަ 20 ކިލޯގެ ލަގެޖެވެ. އޭގެ އިތުރުން ގެންދެވޭނީ 5 ކިލޯގެ އަތް ދަބަހެކެވެ. ފެރީ ފުރަން ތާވަލް ކޮށްފައިވާ ގަޑި ޖެހުމުގެ 10 މިނެޑް ކުރިން ޓިކެޓް ނެގޭއިރު ކަސްޓަމަރަށް ބޭނުން ސީޓެއް ނެގުމުގެ ފުރުސަތުވެސް އޮވެއެވެ.
ފެރީ ދަތުރުތައް މި މަހު ހދ. ގައި ފެށުމަށް ތައްޔާރުވަމުން އަންނައިރު ހއ. އަދި ށ. އަތޮޅުގެ މި ޚިދުމަތް މެއި ނުވަތަ ޖޫންމަހު ފެށޭނެކަމަށްވެސް އެމްޓީސީސީން ބުނެއެވެ.
ފުރަތަމަ ފޭސްގައި ހއ. ހދ. އަދި ށ.އަތޮޅުގައި ޤާއިމުކުރުމަށް ހަމަޖެހިފައިވަނީ 40 ޓާމިނަލްއެވެ. މީގެތެރެއިން މައި 8 ޓާމިނަލްގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް އެމްޓީސީސީއިން ބުނެއެވެ. އަދި 30 ޓާމިނަލަކީ އެތަންތަނުގެ ސްޓްރަކްޗަރ ކުޅުދުއްފުށީގައި ތައްޔާރުކޮށްގެން ގެނެސް ރަށްރަށުގައި ރާވާގޮތަށް ހަމަޖައްސާފައިވާ ޓާމިނަލްތަކެއްކަމަށް އެމްޓީސީސީން ބުނެއެވެ.
ޤައުމީ ފެރީ ޚިދުމަތް ފެށުމަށްވަނީ ރާއްޖެ 6 ޒޯންއަކަށް ބަހާލާފައެވެ. ފުރަތަމަ މަރުޙަލާގައި ހިމެނޭ ޒޯން އެކެއްގެ 3 އަތޮޅުގައި ޚިދުމަތް ފެށުމަށް 17 ފެރީއެއް ވަނީ ބަނދެފައެވެ.


